
އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުވި 23 ބާވަތް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި: އަގުހެޔޮ ވާނެ!
# އެސްޓީއޯ-
އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުވި 23 ބާވަތް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި އެވެ.

އެކުންފުނީން މިއަދު ބުނީ ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް، މިއަދުން ފެށިގެން ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ ކަމަށެވެ.
އއގޮތުން މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެކަން އެކުންފުނީން ވަނީ ފާހަގަކޮށްފައެވެ.
މިހާރު ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ 23 ބާވަތްތައް:
މޭވާ
- ދޮންކެޔޮ
- އާފަލު
- އޮރެންޖު
- ލުނބޯ
- ޖުމްހޫރީމޭވާ
- އަނބު
- ފަޅޯ
- ކަރާ
- މިރުސް
- މޭބިސްކަދުރު
ތަރުކާރީ
- ފިޔާ
- އިނގުރު
- ކެރެޓު
- ބަށި
- ކައްޓަލަ
- އަލުވި
- ކެބެޖު
- ބަރަބޯ
- ބޯވެލި
- ލޮނުމެދު
އިތުރު ބާވަތްތައް
- ރީނދޫ މުގު
- ކުކުޅު ބިސް
- ކާށި
އެސްޓީއޯއިން ބުނީ މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށާއި އަދި އަންނަ ބަދަލުތަކާއި އެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެ ކަމަށެވެ.
އަދި މި ތަކެތި އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިޤްތިޞާދީ ވުޒާރާގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.
އެސްޓީއޯއިން އިތުރަށް ބުނީ ބާޒާރުގައި މި ކާބޯތަކެއްޗަށް އޮންނަ ޑިމާނަޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
ގުޅުންހުރި

އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުވި 23 ބާވަތް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި: އަގުހެޔޮ ވާނެ!

10 ޕަސެންޓާއި ހަމައަށް ޑިސްކައުންޓާއިއެކު އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފަށައިފި

އެސްޓީއޯއިން ރާއްޖެއަށް އޮރެންޖު އެތެރެކޮށް ބާޒާރަށް ނެރެފި، ކިލޯއެއް 35 ރުފިޔާއަށް!
