
ސިގްރެޓް ކޮންޓެއިނަރު ވައްކަން: ހައްޔަރުކުރި 4 މީހުންނަށް ބަންދު ޖަހައިފި، މަގްޝޮޓްތައް މިހުރީ!
# ދިވެހި ފުލުހުންގެ ޙިދުމަތް-
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި 4 މީހުންގެ ވަނަވަރާއި ފޮޓޯވެސް މިއަދު ވަނީ އާންމުކޮށްފައެވެ. އެގޮތުން ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ މއ އެވާ ގްރީން، މާލެ އުމުރުން 61 އަހަރުގެ އަހުމަދު އާރިފް އާއި ދިގަލި، ބ އޭދަފުށީ އުމުރުން 65 އަހަރުގެ މުހައްމަދު ވަހީދު އާއި ހ ނިއު ހެޕިނަސް ، މާލެ އުމުރުން 48 އަހަރުގެ މުއާޒް އަލީގެ އިތުރުން މެދުރީގެ ، ހދ ވައިކަރަދޫ އުމުރުން 40 އަހަރުގެ ޒިވާރު އިސްމާއިލް ކަމަށެވެ.
އެގޮތުން އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކޮށްފައިވާއިރު އަހުމަދު އާރިފް އާއި ޒިވާރު އިސްމާއީލްގެ ބަންދަށް ކޯޓުން 15 ދުވަސް ވަނީ ދީފައި އެވެ. އަދި މުހައްމަދު ވަހީދުގެ ބަންދަށް 10 ދުވަސް ދިން އިތު މުއާޒް އަލީގެ ބަންދަށް ކޯޓުން ދީފައިވަނީ 5 ދުވަހެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ އަހުމަދު އާރިފް އާއި މުހައްމަދު ވަހީދު އަކީ ރާއްޖޭގެ ދެ ވިޔަފާރިވެރިންނެވެ. އެގޮތުން އާރިފް އަކީ ލޮޓަސް ފިހާރައިގެ ވެރިޔާއެވެ. އަދި މުހައްމަަދު ހަސަން އަކީ އެޕޯލޯ ހޯލްޑިންގްސް ގެ ވެރިޔާއެވެ.
2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 9 ދުވަހު އެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން ފުލުހުން މިހާތަނަށް 12 މީހެއް ފުރުން މަނާކޮށްފައިވެއެވެ.
އަދި މި މައްސަލައާއި ގުޅިގެން ރޭ މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.
ގުޅުންހުރި

ސިގްރެޓް ކޮންޓެއިނަރު ވައްކަން: ހައްޔަރުކުރި 4 މީހުންނަށް ބަންދު ޖަހައިފި، މަގްޝޮޓްތައް މިހުރީ!
.jpg&w=3840&q=75)
ސިގްރެޓް ކޮންޓެއިނަރު ވައްކަން: ހައްޔަރުކުރި ވިޔަފާރިވެރިންނަކީ އެޕޯލޯގެ ވެރިޔާ ދިގަލި އަދި ލޮޓަސްގެ ވެރިޔާ އާއްޓޭ!

ކޮންޓެއިނަރުން ސިގްރެޓް ވަގަށްނެގި މައްސަލަ: 4 މީހަކު ހައްޔަރުކޮށްފި، 2 ވިޔަފާރިވެރިއަކާއި ކަސްޓަމްގެ އިސް މުވައްޒަފަކު ހިމެނޭ!
