logoEN
Sto top
ކުރުނބާ ރިސޯޓު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް!

ކުރުނބާ ރިސޯޓު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް!

އަހުމަދު ޝުރާއު

logo

10/14/2025, 5:07:37 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާލެ ސަރަހައްދު ކަނޑުމަތީގައި އެކްސިޑެންޓެއް ހިނގައިފި އެވެ.

Wamco

މެރިން ޕޮލިސްގެ ފޭސްބުކު އެކައުންޓުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ މިރޭ 19:45 ހާއިރު ކުރުނބާ ރިސޯޓު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އެގޮތުން މި އެކްސިޑެންޓުގައި އެކަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އަނިޔާބި މީހާގެ ކޮނޑު ހުޅުން ނެއްޓިފައިވާކަމަށް ވަނީ ބުނެފައި އެވެ. ނަމަވެސް އެމީހާގެ ހާލާއި ގުޅޭ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އަދި އެކްސިޑެންޓުގައި ލޯންޗުތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއްވެސް އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.

މެރިން ޕޮލިސް އިން ވަނީ މި އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަން ހާމަކޮށްފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން މެރިން ޕޮލިސް އިން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި އެކްސިޑެންޓުވި އެއް ލޯންޗަކީ ލިއޯ ޓްރޭޑިންގ ކުންފުނީގެ ލޯންޗެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC