.jpg&w=3840&q=75)
ސިގްރެޓް ކޮންޓެއިނަރު ވައްކަން: ހައްޔަރުކުރި ވިޔަފާރިވެރިންނަކީ އެޕޯލޯގެ ވެރިޔާ ދިގަލި އަދި ލޮޓަސްގެ ވެރިޔާ އާއްޓޭ!
# ދިވެހި ފުލުހުންގެ ޙިދުމަތް-
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުވެއްޖެ އެވެ.

2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ މިމަހުގެ 9 ދުވަހު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ކުރިޔަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރީ މިރެއެވެ. އެގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި 2 ވިޔަފާރިވެރިޔަކު ހިމެނޭކަން ފުލުހުން ހާމަކުރިނަމަވެސް އެމީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ނަމަވެސް އިތުބާރު ހުރި ބައެއް މަސްދަރުތަކުން ގާފަށް ކަށަވަރުކޮށްދިން ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެ ވިޔަފާރިވެރިންނަނީ އެޕޯލޯ ހޯލްޑިންގްސް ގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ.
ދެން މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް އަދި މިހާރު މިފްކޯގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ މުއާޒު އަލީ އާއި ކަސްޓަމްސްގެ ޑިޕާޓްމެންޓެއްގެ އެޗްއެޯޑީއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މުއާޒު އަލީގެ މައްޗަށް ރާއްޖެއަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި އޭސީސީން މިދިޔަ ހޯމަ ދުވަހު ޕީޖީއަށް މައްސަލައެއްވެސް ހުށަހަޅާފައި ވެއެވެ.
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން ފުލުހުން މިރޭ ވަނީ 12 މީހެއް ފުރުން މަނާކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި މި މައްސަލައާއި ގުޅިގެން ކުރިޔަށްގެންދާ އޮޕަރޭޝަނެއް މިރޭވެސް ކުރިޔަށްދާކަން ހާމަކޮށްފައެވެ.
ގުޅުންހުރި

ސިގްރެޓް ކޮންޓެއިނަރު ވައްކަން: ހައްޔަރުކުރި 4 މީހުންނަށް ބަންދު ޖަހައިފި، މަގްޝޮޓްތައް މިހުރީ!
.jpg&w=3840&q=75)
ސިގްރެޓް ކޮންޓެއިނަރު ވައްކަން: ހައްޔަރުކުރި ވިޔަފާރިވެރިންނަކީ އެޕޯލޯގެ ވެރިޔާ ދިގަލި އަދި ލޮޓަސްގެ ވެރިޔާ އާއްޓޭ!

ކޮންޓެއިނަރުން ސިގްރެޓް ވަގަށްނެގި މައްސަލަ: 4 މީހަކު ހައްޔަރުކޮށްފި، 2 ވިޔަފާރިވެރިއަކާއި ކަސްޓަމްގެ އިސް މުވައްޒަފަކު ހިމެނޭ!
