logoEN
Sto top
ކޮންޓެއިނަރުން ސިގްރެޓް ވަގަށްނެގި މައްސަލަ: 4 މީހަކު ހައްޔަރުކޮށްފި، 2 ވިޔަފާރިވެރިއަކާއި ކަސްޓަމްގެ އިސް މުވައްޒަފަކު ހިމެނޭ!

ކޮންޓެއިނަރުން ސިގްރެޓް ވަގަށްނެގި މައްސަލަ: 4 މީހަކު ހައްޔަރުކޮށްފި، 2 ވިޔަފާރިވެރިއަކާއި ކަސްޓަމްގެ އިސް މުވައްޒަފަކު ހިމެނޭ!

އަހުމަދު ޝުރާއު

logo

10/14/2025, 6:30:42 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި އެވެ.

Wamco

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ 2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ މިމަހުގެ 9 ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މިމައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއް ފުރުން މަނާކޮށް ބައެއް އުޅަނދުތަކާއި ތަންތަން ބަލާފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައި އެވެ.

އަދި މި މައްސަލައާއި ގުޅިގެން އެކަން ރާވައި ހިއްގުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ 4 މީހަކު މިރޭ ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ. އެގޮތުން ހައްޔަރުކުރި 4 މީހުންގެ ތެރޭގައި 2 ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކު ހިމެނެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން ކުރިޔަށްގެންދާ އޮޕަރޭޝަނެއް މިރޭވެސް ކުރިޔަށްދާކަމަށާއި މައްސަލައިގެ ތަހުގީގު ކުރިޔަށްދާ މިންވަރަކުން އިތުރު މައުލޫމާތު އާންމުކުރަމުން ގެންދާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC