
-
މާލޭގައި ހިނގި އެކްސިޑެންޓެއްގައި 11 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މާލޭ އަމީނީ މަހު ރެހެންދި ފްލެޓު ކައިރިން 2 ސައިކަލު ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ މިއަދު 12:33 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އެކްސިޑެންޓުގައި އެއް ސައިކަލުގެ ފަހަތުގައި އިން 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި އެކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. ނަމަވެސް އެކުއްޖާއަށް ސީރިއަސް އަނިޔާއެއް ވެފައިނުވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބނީ މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކުޑަކުއްޖާއިން ސައިކަލުގައި ޖެހިގެން ކަމަށާއި ބާރު ސްޕީޑުގައި ދުއްވި ސައިކަލު ފުލުހުން ޓޯވްކޮށް މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
ގުޅުންހުރި

ސިގްރެޓް ކޮންޓެއިނަރު ވައްކަން: ހައްޔަރުކުރި 4 މީހުންނަށް ބަންދު ޖަހައިފި، މަގްޝޮޓްތައް މިހުރީ!
.jpg&w=3840&q=75)
ސިގްރެޓް ކޮންޓެއިނަރު ވައްކަން: ހައްޔަރުކުރި ވިޔަފާރިވެރިންނަކީ އެޕޯލޯގެ ވެރިޔާ ދިގަލި އަދި ލޮޓަސްގެ ވެރިޔާ އާއްޓޭ!

ކޮންޓެއިނަރުން ސިގްރެޓް ވަގަށްނެގި މައްސަލަ: 4 މީހަކު ހައްޔަރުކޮށްފި، 2 ވިޔަފާރިވެރިއަކާއި ކަސްޓަމްގެ އިސް މުވައްޒަފަކު ހިމެނޭ!
