logoEN
Sto top
އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި

އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި

އަހުމަދު ޝުރާއު

logo

10/11/2025, 4:56:10 PM

# އެމްޓީސީސީ

-

އެމްޓީސީސީއަށް ހަވާލުކޮށްފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓު އިއްޔެ ރާއްޖެ ގެނެސްފި އެވެ.

Wamco

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައްޔިތުންނާއި ގާތުން ބައްދަލު ކުރައްވާ ކަންކަން ސާފުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުން އެދިލައްވަމުން ގެންދަވާ އެރައްރަށުގެ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ނުހުއްޓި ބާރަށް ކުރިއަށް ގެންދިއުމަށްޓަކައި އެކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓު 10 އޮކްޓޯބަރ 2025 ވަނަ ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މިއަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރެވެމުން ކަމަށާއި އެ ބޮޑު ހިލައިގެ އަދަދަކީ އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ބޭނުންވާ ޖުމުލަ އަދަދު ކަމަށް އެކުންފުނީން ބުނެއެވެ. މި ޝިޕްމަންޓްތައް ގެނެވި އެކުންފުންޏާއި ހަވާލުކުރެވިފައިވާ ގިނަގުނަ މަޝްރޫޢުތައް ނިމިގެންދިޔުމާއެކު ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކަކާއެކު ޢާންމު ދިރިއުޅުމަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ލިބިގެންދާނެކަން އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީން އިތުރަށް ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓްގައި 56,450 ޓަނުގެ ބޮޑު ހިލަ ވަނީ ރާއްޖެއަށް އެތެރެކުރެވިފަވާކަމަށެވެ. އެގޮތުން މި ޝިޕްމަންޓުން ގެނެވިފައިވާ ބޮޑު ހިލަ އެންމެ ފުރަތަމަ ފޯރުކޮށްދީފައިވަނީ ބ. މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC