logoEN
WAMCO TOP 1
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: އަންނަ ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ފަށަނީ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން: އަންނަ ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ފަށަނީ

# އެމްޓީސީސީ# ބޮޑުތަކުރުފާނު މަގު މަޝްރޫއު

-

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމަންޓް ފަހެއްގެ މުހިންމު މަސައްކަތްތައް ނިމި ތާރު އަޅަން ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

THE TRAVELLER AD

އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގު ސެގްމެންޓް 5ގެ މަސައްކަތުގެ ތެރެއިން ފެނާއި ނަރުދަމާގެ މައި ހޮޅިތައް ވަޅުލުމުގެ މަސައްކަތާއި، ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތްތައް ނިންމާލާފައިވާ ކަމަށެވެ.

ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި އެއްގަމު ތޮށީގެ ކާބްސްޓޯން ޖެހުމާއި ކޭބަލް ޖަންކްޝަންތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމުގެ ކެޗްޕިޓްތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

ތާވަލާ އެއްގޮތަށް މި ހުރިހާ މަސައްކަތްތަކެއްވެސް މި ހަފުތާގެ ނިޔަލަށް ނިންމައި، އަންނަ ހަފުތާގައި މަގުގެ ސަބް-ބޭސް ތައްޔާރުކުރުމާއި އޭބީސީ ފަށަލަ އެޅުމުގެ އިތުރުން ތާރު އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން، ސެގްމަންޓް 2، 3 އަދި 4 ގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާއިރު، މިހާތަނަށް މި މަސައްކަތުގެ ޖުމްލަ 243 މީޓަރު (47 އިންސައްތަ) ވަނީ ނިންމާލެވިފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC