logoEN
Sto top
އަޒަރުބައިޖާން އަތުން ފްރާންސް މޮޅުވިއިރު، އެމްބާޕޭއަށް އަނިޔާވެއްޖެ

އަޒަރުބައިޖާން އަތުން ފްރާންސް މޮޅުވިއިރު، އެމްބާޕޭއަށް އަނިޔާވެއްޖެ

ހަސަން ޝަމްއޫން

logo

10/10/2025, 11:08:23 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# އަޒަރުބައިޖާން# ފްރާންސް# ވޯލްޑްކަޕް ކޮލިފައިންގ

އެމްބާޕޭ

ވޯލްޑްކަޕް ކޮލިފައިން ޔޫރަޕްގެ ގުރޫޕް ޑީގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން އަޒަރުބައިޖާން އަތުން ފްރާންސް މޮޅުވިއިރު، އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭއަށް އަނިޔާވެއްޖެއެވެ.

Wamco

މީގެ އިތުރުން މިގުރޫޕްގައި މިރޭ ކުޅުނު ދެވަނަ މެޗުގައި 5-3 ގެ ނަތީޖާއަކުން ޔުކްރެއިނުން ވަނީ އައިސްލޭންޑް ބަލިކޮށްފައެވެ. އަދި މިނަތީޖާއެކު މިގުރޫޕްގެ ކޮންމެ ޓިމަކުން ވެސް ތިން މެޗު ކުޅެފައިވާއިރު، ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ފްރާންސް އެވެ. އަދި ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކުރުމަށް ގުރޫޕް ސްޓޭޖުގައި ބާކީ އޮތް ތިން ފުރާންސަށް މިހާރު ބޭނުން ވަނީ އެންމެ ދެ ޕޮއިންޓެވެ.

ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު މިގުރޫޕްގެ ދެވަނައިގައި ޔުކްރެއިން އޮތްއިރު، ތިންމެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައި މިވަގުތު އޮތީ އައިސްލޭންޑެވެ. އަދި ގުރޫޕްގެ ފުލުފައި މިވަގުތު އޮތް އަޒަރުބައިޖާންއަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިިންޓެކެވެ.

ކޮލިފައިންގައި ފްރާންސް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން އައިސްލޭންޑް އަތުން މޮޅުވެފައިވާއިރު، ކޮލިފައިންގައި އަޒަރުބައިޖާން އެންމެ ފަހުން ކުޅުނު މެޗުގައި ޔުކްރެއިން އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 1995 ގައެެވެ. އެެމެޗު 10-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްރާންސް އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ފްރާންސް އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުތެރޭގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި މިޑްފީލްޑަރު ރަބިއޮޓް ކާމިޔާބުކޮށްދިނީ އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ފަހުހާފުގެ 83 ވަނަ މިނެޓުގައި އެމްބާޕޭއަށް އަނިޔާވެ ބަަދަލުކުރަންޖެހުނުއިރު އެޓީމުގެ ތިންވަނަ ލަނޑު އޭގެ މިނެޓެއްފަހުން ކާމިޔާބުކޮށްދިނީ އެމްބާޕޭގެ ބަދަލުގައި ކުޅެންނިކުތް ތަޖުރިބާކާރު ފޯވާޑް ފްލޮރިއަން ތައުވިން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC