
އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރު ކުރާނެގޮތުގެ ތަމްރީނު ޕްރޮގްރާމެއް ކުރެންދޫގައި ކުރިއަށް ގެންގޮސްފި
# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ-
އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރާނެގޮތުގެތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި ޅ.ކުރެންދޫގައި ކުރިއަށްގެންގޮސްފިއެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގުޅިގެން މި މަހުގެ 5 އިން 9 އަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 26 ފަރާތަކުން ބައިވެރިވިއެވެ. އެއީ 23 އަންހެން ބޭފުޅުންނާއި 03 ފިރިހެން ބޭފުޅެކެވެ.
މިތަމްރީނުގައި މަހުން ތައްޔާރުކުރާ އަގުއެއްކުރި ބާވަތްތަކާއި ގުޅޭ މަޢުލޫމާތުދީ އަދި އަމަލީގޮތުން އެތަކެތި ބައިވެރިން ތައްޔާރުކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.
ވިޔަފާރީގެ އުޞުލޫން މިފަދަ މަސައްކަތެއްކުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.
މި ތަމްރީނު ޕްރޮގްރާމް ގައި މަޢުލޫމާތު ދީފައިވަނީ މަސްވެރިކަމާއި ބެހޭ ވުޒާރާގެ ފަންނީ މުވައްޒަފުންނެވެ.
ގުޅުންހުރި

ރުއްގަހަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސަ ކޮންޓްރޯލްކުރުމަށްޓަކައި ޗައިނާގެ މާހިރުންނާއިއެކު ހަނިމާދޫގައި ޚާއްސަ ތަމްރީނެއް!

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ 20 އަހަރުގެ މާސްޓަރ ޕްލޭންގެ ދެވަނަ މަޝްވަރާ މަސައްކަތު ބައްދަލުވުން ބާއްވައިފި

އައި.އޯ.ޓީ.ސީ ގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފަށައިފި




