
-
ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ވ ފުލިދޫޢަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި އެވެ.

އެކުންފުނީން މިއަދު ބުނީ ޕީކް ސީޒަނަށް ތައްޔާރުވުމަށް މި ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވ.ފުލިދޫއަށް 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ގެންދެވި މިހާރު ވަނީ ކޮމިޝަންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން މިއާއިއެކު ފުލިދޫގެ ޖެނެރޭޝަން ކެޕޭސިޓީ 940 ކިލޯވޮޓްއިން 1340 ކިލޯވޮޓަށް އިތުރުކުރެވި، އެ ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވުމާއެކު، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ.ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ދަނީ ހުއްޓުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވެރިރަށް މާލެ ސިޓީގެ އިތުރުންވެސް އެކުންފުނީން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ރަށްތަކަށް ހުއްޓުމެއްނެތި ކަރަންޓުގެ ހިދުމަތް ދިނުމަށް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތައް ކުރެވެމުންދާއިރު އެމަސައްކަތުގެ ތެރެއިން އިތުރު ޖަނަރޭޓަރުތައް ފޮނުވުމުގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ޖަނަރޭޓަރުތައްވެސް މަރާމާތު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އަދި މާލެ ސަރަހަެއްދުގައިވެސް ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ކޮންމެ ދުވަހަކުވެސް ނެޓްވޯކް އަޕްގްރޭޑިންގ ގެ މަސައްކަތްތައް ދަނީ އެކުންފުނީން ކުރަމުންނެވެ.
ގުޅުންހުރި

އިންޖިނިއަރިންގެ ދާއިރާއިން ރާއްޖެއަށް ބޮޑު އިންގިލާބެއް: ތުލުސްދޫގައި ގާއިމްކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ރަސްމީކޮށް ހުޅުވައިފި

ސްޓެލްކޯއިން ތުލުސްދޫގައި ޤާއިމްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި

ސްޓެލްކޯގެ ތުލުސްދޫ އެކަޑެމީގައި އެމް.އެން.ޔޫގެ ޕްރޮގްރާމްތައް ފެށުމަށް ފަހުމުނާމާގައި ސޮއިކޮށްފި





