logoEN
WAMCO TOP 1
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމެންޓު ކޮމިޓީއަށް ޓޮމް، ފުޓްބޯލް ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީއަށް ނަޒްރާ!

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމެންޓު ކޮމިޓީއަށް ޓޮމް، ފުޓްބޯލް ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީއަށް ނަޒްރާ!

އަހުމަދު ޝުރާއު

logo

10/9/2025, 7:54:54 AM

# އެފްއޭއެމް

-

ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ޓެކްނިކަލް ޑިވެލޮޕްމެންޓު ކޮމެޓީގެ މެމްބަރަކަށް ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް ( ޓޮމް ) އައްޔަނުކޮށްފި އެވެ.

THE TRAVELLER AD

މިކަން ހާމަކޮށް އެފްއޭމުން މިއަދު ބުނީ ފީފާ ކައުންސިލުން ފީފާގެ ޓެކްނިކަލް ޑިވެލޮޕްމެންޓު ކޮމެޓީގެ 2025-2029 ގެ ދައުރަށް ތޯރިގް އައްޔަނުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއީ ދިވެއްސަކު ފީފާގެ ޓެކްނިނަލް ކޮމެޓީއަށް ހޮވުނު ފުރަތަމަ ފަހަރުކަންވެސް އެފްއޭމުން ވަނީ ހާމަކޮށްފައެވެ.

މި ކޮމެޓީގައި ތޯރިގުގެ އިތުރުން ޗެއާޕާސަން އާއި ޑެޕިއުޓީ ޗެއާޕާސަން އަދި ފީފާ ޑެލިގޭޓާއިއެކު ޖުމުލަ 25 މެމްބަރުން ހިމެނެއެވެ. ފީފާގެ ޓެކްނިކަލް ޑިވެލޮޕްމެންޓު ކޮމެޓީގައި ފީފާގެ ޑެލިގޭޓެއްގެ ގޮތުގައި ހުންނަވަނީ ނައިޖަރުގެ ހާމިޑޫ ޖިބްރިއްލާ އެވެ. އަދި ކޮމެޓީގެ ޗެއާޕާސަންއަށް ކުރިޔަށް އޮތް 4 އަހަރަށް އައްޔަނުކޮށްފައިވަނީ ޖޯޖިއާގެ ލެވަން ކޮބިއަޝްވިލީއެވެ.

ތޯރިގްގެ އިތުރުން ފީފާގެ ސްޓޭންޑިން ކޮމެޓީއެއް ކަމަށްވާ ފުޓްބޯލް ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީއަށްވެސް ދިވެއްސަކު ވަނީ އައްޔަނުކޮށްފައެވެ. އެގޮތުން އެކޮމެޓީޢަށް އައްޔަނުކޮށްފައިވަނީ ރާއްޖޭގެ ހައްވާ ނަޒްރާ ސައީދު އެވެ. ނަޒްރާއަކީ އެފްއޭމްއެމްގެ އެކްސްކޯ މެމްބަރެކެވެ.

ކޮމެންޓް
ފަހުގެ
HDC