logoEN
Sto top
އެފްއޭއެމް ރައީސް ކަމަށް ތޯރިގު އަދި ނައިބް ރައީސުންގެ ގޮތުގައި މުޖޭ އަދި ޝާފިއު

އެފްއޭއެމް ރައީސް ކަމަށް ތޯރިގު އަދި ނައިބް ރައީސުންގެ ގޮތުގައި މުޖޭ އަދި ޝާފިއު

ހަސަން ޝަމްއޫން

logo

7/26/2025, 3:31:55 PM

# ދިވެހި ކުޅިވަރު # އެފްއޭއެމް

މުޖޭ (ކ) ތޯރިގް އަދި ޝާފިއު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަދި ތައްޔިތުންގެ މަޖްލީހުގެ މަހިބަދޫ ދާއިރާގެ އިއްޒައްތެރި މެންބަރު އަހުމަދު ތޯރިގު (ޓޮމް) އަދި ނައިބު ރައީސުންގެ ގޮތުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ ސީއީއޯ، ހުސެއިން ޝާފިއު (ކޮކީ)، އަދި ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރު އަދި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ޖަލީލް އެވެ.

Wamco

މިއަދު ހެންވޭރު މީރުމާ އިވެންޓްސްގައި ބޭއްވި އެފްއޭއެމް އިންތިހާބީ ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އަށް ދެން އިންތިހާބުވީ، ސީނިއާ ވައިސް ޕްރެޒިޑެންޓެއްގެ ގޮތުގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވެސް ވައިސް ޗެއާމަން އަލީ އިބްރާހީމް (ކައްޕި) އެވެ.

ތޯރިގު، މީގެ ކުރިން، އެފްއޭއެމްގެ ރައީސްކަން ކުރެއްވީ 2016 ވަނަ އަހަރު އެވެ. މީގެ ކުރިން، 2016 ވަނަ އަހަރު ގާތްގަނޑަކަށް ހަަތަރު ވަރަކަށް މަސް ދުވަހު އެފްއޭއެމްގެ ރައީސްކަން ކުރެއްވި ތޯރިގު، ވަނީ މިދިޔަ އަހަރު އެފްއޭއެމް އިން ބާއްވަން މަސައްކަތްކުރި ދެ އިންތިހާބުގައި ވެސް ވާދަކުރައްވަން ކެންޑިޑެސީ ހުށަހަޅައިފަ އެވެ.

ތޯރިގު އަތުން ކުރިން ފަަހަރު އެފްއޭއެމްގެ ރައީސްކަން ގެއްލުނީ، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ތޯރިގާ އެކު، އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީ (އެކްސްކޯ)ގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ އެކު، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ބުނާ ގޮތަށް އިންތިހާބެއް ބާއްވަން ޖެހުމުންނެވެ. އެ އިންތިހާބުގައި ތޯރިގާ ވާދަކުރައްވައި، ކާމިޔާބުކުރެއްވީ މިދިޔަ ދެ ދައުރު އެފްއޭއެމް ރައީސަކަށް ހުންނެވި، ބައްސާމް އަދީލް ޖަލީލް އެވެ.

މީގެ އިތުރުން، އެކްސްކޯ މެމްބަރުންގެ ގޮތުގައި ގައުމީ ޓީމަށް ތޯރިގާ އެކު ކުޅުނު، ގޯލްކީޕަރު، އިމްރާން މުހައްމަދު އާއި މުހައްމަދު އުމެއިރު، ޓީސީގެ އަހުމަދު އައްބާސް، އޮޑި ސްޕޯޓްސް ކްލަބްގެ އަބްދުﷲ ނާސިހު އަދި، ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން (އައްޔަ) ހިމަނައިފައިވެ އެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހިމެނެނީ، ހައްވާ ނަސްރާ ސައީދު އަދި ހައްވާ ރަޝީދާ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC