-
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ޙިދުމަތް ޤާއިމްކޮށް ނިންމާލުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ޙިދުމަތް ޤާއިމްކޮށް ނިމުން ފާހަގަކޮށްފައިވަނީ އދ.އަތޮޅު މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމާއެކުއެވެ.
ދިވެހި ރައްޔިތުންގެ މައުލޫމާތު އެއްކޮށް އައިޑީ ކާޑު ދޫކުރަން ފެށިތާ، މިހާތަނަށް 41 އަހަރުވެފަވާއިރު އޮންލައިންކޮށް ދެމުން އައި ޕާސްޕޯޓް ޚިދުމަތާއި އަދި އައިޑީކާޑު ޚިދުމަތް ހޯދުމުގައި އިތުރު ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދީ، ވީހާވެސް ރައްޔިތުންނާ ގާތުން މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ނިންމެވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ.
މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ފެށުމާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑުގެ އަދި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމާއެކު މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ މި މަސައްކަތް ދާޚިލީ ވުޒާރާއާ ހަވާލުކުރެއްވި ހިސާބުން މި މަސައްކަތުގެ ފޮނި ނަތީޖާ ހާސިލްކުރެވިގެންއައީ ޑީއެންއާރު ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި ވެރިންނާއި، މުވައްޒަފުން އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އާއި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުންކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވަނީ މި މަސައްކަތުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ޝުކުރުވެސް އަދާކުރައްވާފައެވެ.
އަދިި މިފަދަ މުހިންމު ރައްޔިތުންނާ ގުޅިފައިވާ މަސައްކަތެއް ކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ނެންގެވި އިސްކަން ފާހަގަކުރައްވާ އެމަނިކުފާނަށްވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ޚިދުމަތްތައް ހޯދަން މާލެ އަށް ރައްޔިތުން ކުރިން ހޭދަ ކުރަންޖެހުނު ހޭދައަށް ނިމުން އައިސްފި ކަމަށާއި ރައްޔިތުން ދެން ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ހޯދަން އުފުލި ބުރަ އުލަން ނުޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މުޅި ރާއްޖޭގައި މި ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އެ ގޮތުން މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
ގުޅުންހުރި

މާފުށީ ޖަލުގައި ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިޔަށް އެބަދޭ - އިހްސާން

ރާއްޖޭގެ ބޯޑަރަށް އަންނަ ނުރައްކާތަކާމެދު އަބަދުވެސް ތިބެންވާނީ ހުށިޔާރުވެގެން - އިހްސާން

ޤަވާއިދާ ޚިލާފަށް ހިންގި 47 ވިޔަފާރިއެއް ބަންދު، ނަމަވެސް ވިޔަފާރިތައް ހިންގާ ގޮތް ބަލާނެ: އިޙްސާން

.gif&w=3840&q=75)



