logoEN
Sto top
ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ރައީސްގެ ތަޞައްވުރެއް: އިހްސާން

ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ރައީސްގެ ތަޞައްވުރެއް: އިހްސާން

އަހުމަދު ޝުރާއު

logo

10/5/2025, 4:49:08 AM

# މިނިސްޓަރ އިހްސާން

-

ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު ތަޞައްވުރެއް ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Wamco

ރާއްޖޭގައި ބާއްވާ ފުރަތަމަ ވިމެން އިން ޕޮލިސިން ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ސަރުކާރު އަދި ރައީސްގެ ވަރަށް ބޮޑު ތަޞައްވުރެއް ކަމަށާއި ޒަމާނީ ތަމްރީންތަކާ ތައުލީމާއެކު ކުރިއަރާ ދިއުމުގެ ފުރުޞަތު މިފަދަ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް ވަނީ ފަހިވެފައި ކަމަށެވެ.

އަދި ވަރަށް ގިނަ އިސްލާހުތަކާއެކީ ހެޔޮ ބަދަލުތައް މުޅި ދާއިރާއަށް ދަނީ ގެންނަމުންކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޖިންސީ ތަފާތުކުރުން ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި ދާއިރާގެ މިސްރާބު ވަރަށް ސާފު ކަމަށާއި އިސްކުރާނީ މީހާގެ ހުނަރާ ޤާބިލުކަމާ މަސައްކަތަށް ބަހައްޓާ ޝަޢުގު ކަމަށެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓްގައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަރމްސް ސަރވިސް ހިމެނޭހެން އެ އިދާރާތަކުގެ މެދުގައި "ދި އިނޓަރ އެޖެންސީ ޑިކްލަރޭޝަން އޮން ލީޑަޝިޕް ކެޕޭސިޓީ ޑިވެލޮޕްމަންޓް އޮފް ވިމެން އިން ސެކިއުރިޓީ އެންޑް އެންފޯސްމަންޓް ސެކްޓަރ އޮފް ދަ މޯލްޑިވްސް"ގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމަށް އިޝަރާތްކުރައްވާ ވަޒީރު ވިދާޅުވީ، ތަންފީޒީ އިދާރާތައް ގުޅިގެން ފަށާފައިވާ މި މަސައްކަތަކީ، ރާއްޖޭގައި ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދީ ކުރިއަރާ ދިއުމަށް ހުޅުވައިދޭ ވަރަށް މުހިންމު ދޮރެއް ކަމަށެވެ. އަދި މިއީ މުޅި ދާއިރާއަށް ވަރަށް މުހިންމު ފެށުމެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

ތަންފީޒީ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާ ޢަޒުމަކީ، ކުރިމަތިވާ ޙާލަތްތަކާއި ގޮންޖެހުންތަކުން އަރައިގަނެ މުޖުތަމަޢުއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި އެފަދަ މަޤާމުތަކުގައި އަންހެނުންނާ މެދު މުޖުތަމަޢު ދެކެމުން އައި ގޮތް ބަދަލުވެ، އަންހެނުންނަކީވެސް ލީޑަޝިޕްގެ ބޮޑެތި ޒިންމާތައް އަދާކުރެވޭ ބައެއްކަން ސާބިތުކޮށްދެމުންދާކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC