logoEN
Sto top
އިހްސާނުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!

އިހްސާނުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!

އަހުމަދު ޝުރާއު

logo

2/25/2025, 9:23:02 AM

# މިނިސްޓަރ އިހްސާން

--

ހޯމް މިނިސްޓަރު އަލީ އިހުސާނަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ފެއިލް ކޮށްލައިފި އެވެ.

Wamco

މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އިހްސާނުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރެކެވެ. ނަމަވެސް މި މައްސަލާގައި އިތުބާރު އޮތް ކަމަށް 64 މެމްބަރަކު ވޯޓު ދެއްވުމާއި އެކު އިދިކޮޅުން ހުށަހެޅި މި މައްސަލަ ވަނީ ފެއިލް ވެފައި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ކަމަކަށް އޮތީ އިހްސާންގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމެވެ. އޭގެ ފަހުގައި މެމްބަރުންގެ މެދުގައި އެ މައްސަލައަށް ބަހުސް ކުރެއްވިއެވެ.

އެމްޑީޕީން މަޖިލީހަށް މި މައްސަލަ ވެއްދީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކޮށްގެން ނުވާނެ ކަންތައްތަކެއްކޮށް، އިހުސާން ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ އެވެ. މަޖިލީހަށް މި މައްސަލަ ވެއްދުމަށް އެމްޑީޕީގެ 12 މެމްބަރަކު ވަނީ ވޯޓު ދެއްވާފައި އެވެ.

އިދިކޮޅުން އިހްސާންގެ މައްޗަށް ކުރި ފުރަތަމަ ތުހުމަތަކީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބެލެހެއްޓުމަށް ބްލެކްލިސްޓް ކުރެވިފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރި މައްސަލައެވެ. ދެވަނަ ތުހުމަތަކީ ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ޖިނާއީ ތަހުގީގުތަކަށް ހުރަސްއެޅި ކަމުގެ ތުހުމަތެވެ. ތިންވަނަ ތުހުމަތަކީ ޑީއެންއާރުގެ ޑޭޓާބޭސް ނަހަމަ ގޮތުގައި ބޭނުންކޮށް، ހުއްދަނެތި މީހުންގެ މައުލޫމާތު ނަގައި ޕީއެންސީއަށް ވެއްދި ކަމުގެ ތުހުމަތެވެ. ނަމަވެސް މިއަދު ޖަވާބުދާރީ ވުމަށް އިހްސާނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އިހްސާން ވަނީ މި ތުހުމަތުތަކަށް ވަރަށް ތަފްސީލުކޮށް ޖަވާބު ދެއްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC