logoEN
Sto top

ފޮޓޯ: ދާޚިލީ ވުޒާރާ

އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓު އަޑީކާޑު ތަޢާރަފްކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Wamco

ޑިޖިޓަލް އިގްތިޞާދު ފުޅާކޮށް، 2030ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ.

މިނިސްޓްރީން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާ ވަޒީރު ވަނީ ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކުގަ ސްމާޓު އަޑީކާޑެއްގެ ޒަރިއްޔާއިން ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ވަން ގަވްގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ 17 އިދާރާއެއް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޑިޖިޓަލައިޒްވެއްޖެ ކަމަށެވެ.

ޑޭޓާ އެކްސްޖޭންޖް ލޭޔާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ދަލަތުގެ އެކި އިދާރާތައް ވަކިވަކިން ސިސްޓަމްތަކެއް ހަދައިގެން އޮޕަރޭޓް ކުރާ ކުރުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމާއެކު، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ މޯލްޑިވްސް 2.0 މަޝްރޫޢުގެ ދަށުން ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.

ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް، ޑިޖިޓަލް އައު ޒަމާނަކަށް ދިވެހިރާއްޖެ ވާސިލްކޮށްދިނުމަށް ހިންގަން ފަށާފައިވާ "މޯލްޑިވްސް 2.0" މަޝްރޫޢަކީ، ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ ތާރީޚު ބަދަލުކޮށްލާނެ މަސައްކަތެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC