logoEN
Sto top
ޗެލްސީ އަތުން ބަލިވެ ލިވަޕޫލުން ފުރުސަތު ނަގާލައިފި

ޗެލްސީ އަތުން ބަލިވެ ލިވަޕޫލުން ފުރުސަތު ނަގާލައިފި

ހަސަން ޝަމްއޫން

logo

10/4/2025, 9:00:51 PM

# އިނގިރޭސި ޕްރިމިއާ ލީގު# ލިވަޕޫލް# ޗެލްސީ# ދިވެހި ކުޅިވަރު

ލިވަޕޫލާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ޗެލްސީ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ ލީގު ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލައިފިއެވެ.

Wamco

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ބްރައިޓަން އަތުން ބަލިވެފައިވާއިރު، ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އިންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އެކުއެޑޯ މިޑްފީލްޑަރު މޮއިސަސް ކައިސެޑޯ އެވެ. އަދި ލިވަޕޫލުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ކޯޑީ ގައްޕޯ އެވެ.

މިމެޗުން ޗެލްސީ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަައި ކުޅެން ނިކުތް ބްރެޒިލްގެ ޒުވާން ފޯވާޑް އެސްޓެވާއޯ އެވެ.

މިނަތީޖާއެކު ލީގުގައި ޗެލްސީ ކުޅުނު ހަތް މެޗުން ލިބުނު 11 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގައެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލުން ލީގުގަައި ކުޅުން ހަތް މެޗުން ލިބުނު 15 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައޮގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC