logoEN
Sto top
ސަންޑަލޭންޑް އަތުން ހޯދި މޮޅާއެކު އަމޮރިންއަށް އިތުރު ފުރުސަތެއް

ސަންޑަލޭންޑް އަތުން ހޯދި މޮޅާއެކު އަމޮރިންއަށް އިތުރު ފުރުސަތެއް

ހަސަން ޝަމްއޫން

logo

10/4/2025, 3:46:55 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# މެންޗެސްޓަރ ޔުނައިޓެޑް# ސަންޑަލޭންޑް

ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިން

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ސަންޑަލޭންޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ހޯދި މޮޅާއެކު މިވަގުތު ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ އެޓީމުގެ ކޯޗް ރުބެން އެމޮރިންއަށް އިތުރު ފުރުސަތެއް ލިބިއްޖެއެވެ.

Wamco

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ބްރެންޓްފޯޑް އަތުން ބަލިވެފައިވާއިރު، ސަންޑަލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ނޮޓިންގްހަމް ފޮރެސްޓް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި މޮޅަށް ކުޅެ ޔުނައިޓެޑުން މެޗު ޑޮމިނެޓްކުރިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު މެޗުގެ އަށްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މޭސަން މައުންޓް އެވެ.

ޔުނައިޓެޑުން ލީޑި ފުޅާކުރި ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްލޮވޭނިއާ ފޯވާޑް ބެންޖަމިން ޝެސްކޯ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު. މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ހަތް މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 10 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި ސަންޑަލޭންޑުން ލީގުގައި ކުޅުނު އަށް މެޗުން ހޯދި 11 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC