logoEN
Sto top
ފަހަތުން އަރައި އެފްއެސްއެމް ބަލިކޮށް އެސްއޭސީ ޗެންޕިއަންކަން ހޯދައިފި

ފަހަތުން އަރައި އެފްއެސްއެމް ބަލިކޮށް އެސްއޭސީ ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

10/2/2025, 7:33:17 PM

# ދިވެހި ކުޅިވަރު # އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025

ސަދަން އޭރިއާ ފުޓްސަލް ޓީމު.. ފޮޓޯ: ގާފު ސްޕޯޓްސް

އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުގައި މިރޭ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ދެލަނޑުގެ ލީޑެއް ހޯދާފައި ވަނިކޮށް ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ އެސްއޭސީ ފުޓްސަލް ޓީމުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

Wamco

މުބާރާތުގެ ފައިނަލުން އެސްއޭސީ ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މޯލްޑިވިއަން ޓީމު ބަލިކުރުމަށްފަހު އެވެ. އަދި އެފްއެސްއެމް ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އައްޑޫ އެއާޕޯޓް ރެކްރިއޭޝަން ކުލަބު (އޭއާރުސީ) ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު ލީގު ބުރުގައި ވާދަކުރި މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްއޭސީ އިންނެވެ.

undefined

މުބާރާތުގެ ރަނަރަޕް ޓީމު އެފްއެސްއެމް..ފޮޓޯ: ގާފު ސްޕޯޓްސް

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެފްއެސްއެމް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެސްއޭސީ އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

undefined

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން.. ފޮޓޯ: ގާފު ސްޕޯޓްސް

އެގޮތުން މިމެޗުގައި އެސްއޭސީގެ އަހުމަދު އަޒާން ޝަމްވީލް، އަސްރާރު އަލީ އަދި ހުސެއިން ޝާމިން މިއިން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ކާމިޔާބުކުރިއިރު، އެފްއެސްއެމްގެ ފުރަތަމަ ލަނޑު ކާމިޔަބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަމީން އިބްރާހިމް އެވެ. އަދި އެޓީމުގެ އަނެއް ލަނޑަކޯ އެސްއޭސީގެ ހުސެއިން ޝާމިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްއޭސީގެ އަހުމަދު އަޒާން ޝަމްވީލް އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވިއަން ޓީމުގެ އަލީ ނާހިލް އަހުމަދު އެވެ. އޭނާ މިމުބާރާތުގައި ކުޅުނު ފަސް މެޗުގައި ޖުމްލަ އަށް ލަނޑު ކާމިޔާބުކޮށްފައެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެސްއޭސީގެ ކޯޗު އަބްދުﷲ މިރުޝާން އެވެ. އަދި ފެއާޕްލޭ ޓިމަކީ ގަން ޕޮލިސް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަސްރާރު އަލީ (އެސްއޭސީ)، ދައިސަމް ހަސަން (އެސްއޭސީ)، ހަަަސަން މުފީދު (އެފްއެސްއެމް)، މުހައްމަދު މުއްޒަންމިލް (އެފްއެސްއެމް) އަދި މޫސާ ވަހީދު (އޭއޭއާރުސީ) އެވެ. އަދި މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓަކަށް ހޮވުނީ އެސްއޭސީގެ އަހުމަދު އަޒާން ޝަމްވީލް އެވެ.

20 ސެޕްޓެންބަރު 2025 އިން 02 އޮކްޓޯބަރު 2025 ގެ ނިޔަލަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އެޗްކިޔު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC