logoEN
Sto top
ފުލުހުން ކުރީ ދޮގު ތުހުމަތުތަކެއް، ހުކުރު ދުވަހުގެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް - އެމްޑީޕީ

ފުލުހުން ކުރީ ދޮގު ތުހުމަތުތަކެއް، ހުކުރު ދުވަހުގެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް - އެމްޑީޕީ

އަހުމަދު ޝުރާއު

logo

10/1/2025, 12:21:23 PM

# އެމްޑީޕީ

-

އަންނަ ހުކުރު ދުވަހު އިދިކޮޅު ސިޔާސީ ޕާޓީތަކުން މާލެ ހަލަބޮލިކުރަން އުޅޭ ކަމަށް ތުހުމަތުކޮށް ފުލުހުންގެ ހިދުމަތް މިއަދު ނެރުނު ބަޔާނަށް ހުކުރު ދުވަހުގެ އެއްވެސް އިންތިޒާމުކުރާ އެމްޑީޕީން ރައްދު ދީފި އެވެ.

Wamco

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮކްޓޯބަރު 3 ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނެރެފައިވަނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބަޔާނެއް ކަމަށާއި އެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އަރުވާ ކަމަށެވެ.

އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް ސެޕްޓެމްބަރު 28 ވަނަ ދުވަހު ފުލުހުންނާ އެ ޕާޓީން ބައްދަލުކޮށްފައިވާނެކަން ހާމަކޮށް އެމްޑީޕީން ބުނީ ހަމަ އެ ދުވަހު އެއްވުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން އަނގާފައިވާނެ ކަމަށެވެ. އަދި އެ ރޫޓަށް އެއްވެސް ބަދަލެއް އެމްޑީޕީން ގެނެސްފައި ނުވާއިރު ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށްގެންދާނެ ކަމަށް އެޕާޓީން އަންގާފައިނުވާނެ ކަމަށެވެ.

އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެކަން އެމްޑީޕީން ވަނީ ކުށްވެރިކޮށްފައި އެވެ. މާލޭގައި ކުށްކުރާ ގްރޫޕުތައް ނެރެގެން އެއްވުމަށް ހުރަސް އެޅުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ކުރަމުންދާކަން ޕާޓީން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެއް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައި އެވެ.

މާލެ ތެރެ ހަލަބޮލިކޮށް މުދަލަށް ގެއްލުން ދިނުމަށް ސަރުކާރުން ފައިސާ ދީފައިވާ ގްރޫޕުތަކުގެ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްޑީޕީއިން ފުލުހުންނަށް ގޮވާލާފައިވެއެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ސަރުކާރުން އަންގަވައިގެން ހުރަސް ނޭޅުމަށް ވެސް އެޕާޓީން ވަނީ ފުލުހުންނަށް ގޮވާލާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC