
ފިލިޕީންސްއަށް ބާރުގަދަ ބިންހެލުމެއް އައިސްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދާދި ދެންމެ އަކު ބުނީ ފިލިޕީންސްގެ ލެއިޓޭ ކައިރިއަށް ރާއްޖެ ގަޑިން މިއަދު 18:59 ހާއިރު ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށާއި މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.8 މެގްނިޓިއުޑްގައި ކަމަށެވެ.
އެގޮތުން މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ ވެރިރަށް މާލެ އާއި 5621 ދުރުން ކަމަށާއި މި ބިން ހެލުމުގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައި އެވެ.
މީގެ އިތުރުން މި ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭ ކަމަށްވެސް ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑުމަތީގެ ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

މިއަދު ވެސް މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު

މެކްސިކޯ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!




