
-
ނ.މާފަރު ބޭރުގައި ދޮށީ ކަނދުފަތި ޤާއިމްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ނ.މާފަރު އިރުން 9 މޭލު ބޭރުގައި ދޮށީ ކަނދުފަތި ގާއިމްކޮށްފައިވާ ކަމަށެވެ.
އެގޮތުން މާފަރު އިރުން 9 މޭލު ބޭރުގައި ގާއިމްކުރި ވަދު ކަނދުފަތީގެ ނަމްބަރަކީ E10D01-03 30 އެވެ. އަދި މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 5°49.800'N އަދި 73°38.800'E އެވެ.
މިނިސްޓްރީން ބުނީ މި ކަނދުފަތި ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުން ކަމަށެވެ. މާފަރު މަސްވެރިންނަށް އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލްވާ ފަރާތްތަކަށް، ފާހަގަކުރެވޭ ފަދަ ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
އެމިނިސްޓްރީން އިތުރަށް ބުނީ މިކަމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެއް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، މަސްވެރިންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ގުޅުންހުރި

މާފަރުގައި އަލަށް ތަރައްގީކުރި ކަސްޓަމްސްގެ އޮފީހާއެކު އެ ސަރަހައްދަށް ކުރިއެރުންތަކެއް އަންނާނެ: ވަޒީރު

މާފަރު ބޭރުގައި ދޮށީ ކަނދުފަތި ޤާއިމްކޮށްފި

މާފަރު ރައްޔިތުން އެދުނުގޮތަށް ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21 އެނދަށް އިތުރުކޮށް އެއްބަސްވުމުގައި އަލުން ސޮއިކޮށްފި





