
މާފަރު ރައްޔިތުން އެދުނުގޮތަށް ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21 އެނދަށް އިތުރުކޮށް އެއްބަސްވުމުގައި އަލުން ސޮއިކޮށްފި
# ނ މާފަރު-
ނ. މާފަރު ރައްޔިތުން އެދުނުގޮތަށް ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ނ.މާފަރު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުމަށް 20 ޖުލައި 2025 ވަނަ ދުވަހު ފެނަކަ ކޯޕަރޭޝަނާއެކު ހެލްތު މިނިސްޓްރީން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން މާފަރު ޞިއްޙީމަރުކަޒު ގައި 04 އެނދުގެ ވާޑެއް އިތުރުކުރެވި، ޕްރައިވެޓް ރޫމަކާއި، ނާސް ސްޓޭޝަން، މީޓިންގ ހޯލް، ޕަބްލިކް ހެލްތު ޔުނިޓްގެ އިތުރުން ޕޯޓިކޯ ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.
ނަމަވެސް މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނ.މާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެރަށުގެ ރައްޔިތުން އެދުނު ގޮތަށް މާފަރު ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ރައްޔިތުން އެދުނުގޮތަށް ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21އަށް ބަދަލުކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހީމް އަދި ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވަނީ ސޮއިކުރައްވާފައެވެ.
ގުޅުންހުރި

މާފަރުގައި އަލަށް ތަރައްގީކުރި ކަސްޓަމްސްގެ އޮފީހާއެކު އެ ސަރަހައްދަށް ކުރިއެރުންތަކެއް އަންނާނެ: ވަޒީރު

މާފަރު ބޭރުގައި ދޮށީ ކަނދުފަތި ޤާއިމްކޮށްފި

މާފަރު ރައްޔިތުން އެދުނުގޮތަށް ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21 އެނދަށް އިތުރުކޮށް އެއްބަސްވުމުގައި އަލުން ސޮއިކޮށްފި





