logoEN
Sto top
މާފަރުގައި އަލަށް ތަރައްގީކުރި ކަސްޓަމްސްގެ  އޮފީހާއެކު އެ ސަރަހައްދަށް ކުރިއެރުންތަކެއް އަންނާނެ: ވަޒީރު

މާފަރުގައި އަލަށް ތަރައްގީކުރި ކަސްޓަމްސްގެ އޮފީހާއެކު އެ ސަރަހައްދަށް ކުރިއެރުންތަކެއް އަންނާނެ: ވަޒީރު

ހުސައިން އަހްމަދު

logo

12/23/2025, 10:54:55 AM

# ދާޚިލީ ވަޒީރު# ނ މާފަރު# ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ# ކަސްޓަމްސް ސާވިސަސް

ފޮޓޯ: ކަސްޓަމްސް

މާފަރުގައި ތަރައްގީކުރި ކަސްޓަމްސްގެ އައު އޮފީހާއެކު އެސަރަޙައްދާއި، މުޅި ރާއްޖޭގައި ފޯރުކޮށްދޭ ކަސްޓަމްސްގެ ޚިދުމަތްތަކަށްވެސް ކުރިއެރުން އަންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މިހެން ވިދާޅުވީ މާފަރުގައި ގާއިމްކޮށްފައިވާ ކަސްޓަމްސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މާފަރުގައި ހަދަމުންދިޔަ ކަސްޓަމްސް އިމާރާތުގައި ނިމިފައިވަނީ 30 އިންސައްތައެއްހާ މަސައްކަތް ކަމަށެވެ.

އަދި އެ މަޝްރޫޢަކީ އެންމެ އިސްކަންދީގެން ނިންމަންޖެހޭ މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ހިމެނުއްވި ކަމަށެވެ.

undefined

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާވެގެން އަންނައިރު، ރާއްޖޭގެ އެހެން މައި ދޮރާށިތަކެކޭ އެއްފަދައިން އެ އެެއަރޕޯޓުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި މިވަގުތުވެސް ރާއްޖޭގެ ހުރިހާ ދޮރާށިތައް ނުހަނު ފުރިހަމަޔަށް ބަލަހައްޓަމުން ގެންދަވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ކަސްޓަމްސްގެ އެންމެ ބޮޑު އެއް ޒިންމާއަކީ މާފަރު އެއަރޕޯޓުން އެތެރެވާ މުދަލާއި ފަސިންޖަރުންނަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.

ކަސްޓަމްސްއިން މުޅި ރާއްޖޭގައި ފޯރުކޮށްދޭ މުހިންމު ޚިދުމަތްތަކަށް އަލިއަޅުއްވާލައްވައި ވަޒީރު ވަނީ އެޚިދުމަތްތައް ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އިތުރަށް ފަސޭހަ ކުރުމުގެ މުހިންމުކަން ފާހަގަކުރާއްވާފައެވެ.

އެގޮތުން ކަސްޓަމްސްއިން މަސައްކަތްކުރަންވާނީ ރައްޔިތުން ޚިދުމަތް ހޯދަން ކަސްޓަމްސްގެ އޮފީސްތަކަށްގޮސް ވަގުތު ހޭދަކުރުމުގެ ބަދަލުގައި ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޮނުވޭނެ މޮޑެލްއަކަށް ކަންކަން ތަރުތީބުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC