



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



-
ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި އެވެ.
އެކުންފުނީން މިއަދު ބުނީ ދުޅަހެޔޮ ދިރިއުޅުމާއި ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކޮށް، މުވައްޒަފުންގެ ސިއްޙީ ޙާލަތު ދެނެގަތުމަށް އެކުންފުނީގެ ހެޑް އޮފީހުގައި ޚާއްސަ ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މި ހެލްތު ސްކްރީނިންގ ޕްރޮގްރާމަކީ ހުޅުމާލެ ހޮސްޕިޓަލާއި ގުޅިގެން ކުރިޔަށްގެންދިޔަ ޕްރޮގްރާމެއްކަމަށް އެކުންފުނީން ވަނީ ފާހަގަކޮށްފައި އެވެ.
މި ޙަރަކާތުގެ ތެރެއިން އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ހެލްތު ސްކްރީނިންގ ހަދައި، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބޭނުންވާ މަޢުލޫމާތު ހޯދާފައިއެވެ.
ސްޓެލްކޯއިން އަބަދުވެސް ގެންދަނީ ކުންފުނީގެ މުވައްޒަފުންނާއި ގުޅިގެން މުޖުތަމައުތައް ފައިދާކުރާނެ އެކި ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން މިފަދަ ޕްރޮގްރާމުތަކަށް މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭކަން އެކުންފުނީން ފާހަގަކުރެއެވެ.

.jpeg?w=3840&q=75)






.jpg?w=3840&q=75)