%20(1).webp&w=3840&q=75)
-
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މި ހަފްތާގައި ބޭއްވުމަށް އެޕާޓީއިން ނިންމައިފި އެވެ.

ޕީއެންސިއިން ބުނީ އެޕާޓީގެ ވަރަށް ފޯރިގަދަ ޖަލްސާއެއް އަންނަ ބުދަ ދުވަހުގެ ރޭ މާލޭގައި ހުންނަ އެޕާޓީގެ ހަރުގެ ޖަލްސާގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެޕާޓީން ބުނީ އެ ޖަލްސާގައި ޕާޓީގެ އިސް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި އެމައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާނެ ކަމަށެވެ.
ބުދަ ދުވަހުގެ ރޭގެ ޚާއްސަ ހަރުގެ ޖަލްސާ ފެށުމަށް އެޕާޓީން ތާވަލުކޮށްފައިވަނީ އެރޭ 08:30 ގައި އެވެ.
ޕީއެންސީން ވަނީ މި ހަރުގެ ޖަލްސާގައި ބައިވެރިވުމަށް ޕީއެންސީގެ މެމްބަރުންނާއި އެންމެހާ ދިވެހި ރައްޔިތުންނަށް ދައުވަތު ދީފައެވެ.
ގުޅުންހުރި

މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ނެރުއްވީ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް: ރައީސް

ސަރުކާރާ އިދިކީލަ ބަޔަކު ހޮވިއްޖެނަމަ ވާނެ ގޮތް ރައްޔިތުންނަށް މިހާރު އެނގޭނެ: މުހައްމަދު

ފޭބި ސަރުކާރަކުން ވީ ވައުދެއް ފުއްދެވި ހަމައެކަނި ރައީސްއަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ: ފަލާހް





