
10 ޕަސެންޓާއި ހަމައަށް ޑިސްކައުންޓާއިއެކު އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފަށައިފި
# އެސްޓީއޯ-
އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ މި ބްރޭންޑް އެސްޓޯއޯއިން ތަޢާރަފްކޮށްފައިވަނީ 28 ސެޕްޓެމްބަރ 2025 ވީ އާދިއްތަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.
އެސްޓީއޯއިންވަނީ މި ބްރޭންޑް ތަޢާރަފްކުރުމާއި އެކު 'އެލްޖީޓީވީ އިންޓްރޮޑިއުސިންގް އޮފަރ' ގެ ދަށުން ވަރަށް ހާއްސަ އަގުތަކެއްގައި ކަސްޓަމަރުންނަށް އެލްޖީ ޓީވީ ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކޮށްފައެވެ.
އެގޮތުން، މި އޮފަރ ގެ ދަށުން ވިއްކާ އެލްޖީ ޓީވީ ތަކުން 10% އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި. މި އޮފަރ ގެ ދަށުން ޓީވީ ބައްލަވައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 9 އޮކްޓޯބަރ 2025 ކަމަށް އެކުންފުނީން ބުނެއެވެ.
އެލްޖީ ބްރޭންޑުގެ ޓީވީ ތަކަކީ އާއްމުންގެ މެދުގައި މަޝްހޫރު އިތުބާރު ލިބިފައިވާ ބްރޭންޑެއްގެ ޓީވީތަކެއްކަން އެސްޓީއޯއިން ފާހަގަކުރެއެވެ.
ގުޅުންހުރި

އާންމު ބާޒާރުގައި ފިޔާގެ އަގުބޮޑުވި ނަމަވެސް، އެސްޓީއޯއިން ފިޔާ ކިލޯއެއް 13 ރުފިޔާއަށް ހުސްވުމެއްނެތި ލިބޭނެ!

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައި، ޚިދުމަތްތައް އައު އުސްމިންތަކަކަށް ގެންގޮސްފި

އެސްޓީއޯގެ ބިޔަ މަލްޓި-ސްޓޯރީ ވެއަރހައުސްގެ އަމަލީ މަސައްކަތް ފަށައިފި




