
-
މިއަހަރުގެ ޖޫން މަހު ބޭއްވުމަށް ތައްޔާރުވަމުންދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތާ ދިމާކޮށް، ރައްޔިތުންނަށް ވޯލްޑް ކަޕްގެ ފޯރި ގަދަކޮށްދިނުމުގެ ގޮތުން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްއިން 'އެސްޓީއޯ ވޯލްޑް ކަޕް ފޯރި' ގެ ނަމުގައި ވަރަށް ޚާއްޞަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

އާއިލާއާއި ރައްޓެހިންނާއެކު އެއް މާހައުލެއްގައި ހިތްހަމަޖެހިލައިގެން ވޯލްޑް ކަޕް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށް ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 12 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ގިނަ ބްރޭންޑްތަކެއްގެ ޓީވީތަކާއި ޕްރޮޖެކްޓަރުތަކުން %28 އާ ހަމައަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި މަޤްބޫލު ބްރޭންޑްތައް ކަމަށްވާ ފިލިޕްސް އަދި އެލްޖީ ބްރޭންޑުގެ ޓީވީގެ އިތުރުން، އިންފޯކަސް ބޮކްސްލައިޓް ޕްރޮޖެކްޓަރުތައް ހިމެނެއެވެ. އާންމު ރީޓެއިލް ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މި ޕްރޮޑަކްޓްތަކުން 500 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ކޮށްގެންނެވެ. މީގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ދެ ބޭފުޅެއްގެ 5 ދުވަހުގެ މެލޭޝިޔާ ދަތުރެއް (ޓިކެޓާއި ހުރުމާއެކު) ލިބިގެންދާނެއެވެ.
ރީޓެއިލް ކަސްޓަމަރުންގެ އިތުރުން، ހޯލްސޭލްކޮށް ވިޔަފާރިކުރާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަނުގައި ވަރަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. ހޯލްސޭލް ކަސްޓަމަރުންނަށް 3,000 ރުފިޔާއިން މަތީގެ ވިޔަފާރި ކުރައްވައިގެން ޕްރޮމޯޝަނުގައި ބައިވެރިވެވޭއިރު، ކޮންމެ 3,000 ރުފިޔާގެ އިންވޮއިސްއަކަށް ކޫޕަނެއް ލިބޭނެއެވެ. ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް ބޮޑެތި އިނާމުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން 1 ވަނައަށް ހޮވޭ ފަރާތަކަށް 30,000 ރުފިޔާގެ ޕްރޮޑަކްޓް، 2 ވަނައަށް 20,000 ރުފިޔާގެ ޕްރޮޑަކްޓް އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 10,000 ރުފިޔާގެ ޕްރޮޑަކްޓް ލިބިގެންދާނެއެވެ.
މީގެ އިތުރުންވެސް، ކޮންމެ ހަފްތާއަކު ވޯލްޑް ކަޕާ ގުޅުވައިގެން ހިންގާ އެކި ހަރަކާތްތަކުގެ ތެރެއިން ތަފާތު ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަންގެ ޚިދުމަތް އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ހުރިހާ އައުޓްލެޓްތަކެއްގައިވެސް ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.
ގުޅުންހުރި

އެސްޓީއޯގެ ބިޔަ މަލްޓި-ސްޓޯރީ ވެއަރހައުސްގެ އަމަލީ މަސައްކަތް ފަށައިފި

އެސްޓީއޯއިން 'ވޯލްޑް ކަޕް ފޯރި' ޕްރޮމޯޝަން ފަށައިފި: ޓީވީތަކުން ބޮޑު ޑިސްކައުންޓެއް!

ހިޓާޗީ 'ފިނި ފިނި ޕްރޮމޯ' ފެށިއްްޖެ: ނަސީބުވެރި ފަރާތަކަށް 40،000 ރުފިޔާގެ ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް!




