
-
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަޕްލައި ޗެއިން ވަރުގަދަކުރުމަށް ހުޅުމާލޭގައި އިމާރާތްކުރާ އައު މަލްޓި-ސްޓޯރީ ވެއަރހައުސް ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ ދަށުން އެފިސިލިޓީގެ ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ވަނީ ފަށާފައި އެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، މި ބިޔަ މަޝްރޫޢަކީ އެ ކުންފުނީގެ މުސްތަޤްބަލުގެ ރޯޑްމެޕްގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.
ހުޅުމާލޭގައި ގާއިމުކުރާ މި ޒަމާނީ ވެއަރހައުސް ފެސިލިޓީ ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ބާޒާރަށް ބޭނުންވާ މުހިންމު މުދާ ރައްކާތެރިކަމާއެކު ބެހެއްޓޭނެ އެންމެ ފަހުގެ ވަސީލަތްތަކާއެކުއެވެ. އެގޮތުން މި އިމާރާތުގައި، ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ މުދާ ގިނަދުވަހަށް ތާޒާކަންމަތީ ރައްކާތެރިކުރުމަށް ޚާއްޞަ ކޯލްޑް ސްޓޯރޭޖް (ފިނިކުރި ގުދަން) ބައިތަކާއި، މާހައުލުގެ ހޫނުމިން ވަކިވަރެއްގައި ހިފަހައްޓަންޖެހޭ ކާބޯތަކެއްޗާއި އެހެނިހެން ބާވަތްތަކަށް ޚާއްޞަ ޓެމްޕަރޭޗަރ-ކޮންޓްރޯލްޑް ސްޓޯރޭޖްތައް ހިމެނެއެވެ. މީގެ އިތުރުން ގުދަނުގެ އިދާރީ ހިންގުން ހަލުވިކޮށް ބެލެހެއްޓުމަށްޓަކައި ޚާއްޞަ އޮފީސް ސަރަޙައްދުތަކެއްވެސް މި އިމާރާތުގައި ގާއިމުކުރެވިގެންދާނެއެވެ.
އެސްޓީއޯއިން ބުނިގޮތުގައި، މި ފެސިލިޓީ ރަސްމީކޮށް ހުޅުވި ބޭނުންކުރަން ފެށުމުން ކުންފުނީގެ އޮޕަރޭޝަނަލް ޚަރަދުތައް ވަރަށް ބޮޑަށް ކުޑަވެ، ސަޕްލައި ޗެއިން މިހާރަށްވުރެ ބޮޑަށް ހަރުދަނާވެގެންދާނެއެވެ. އަދި މި މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ބޭނުންވާ އަސާސީ މުދާ، މިހާރަށްވުރެ މާ ހަލުވި އަދި އެފިޝަންޓްކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ގުޅުންހުރި

އެސްޓީއޯގެ ބިޔަ މަލްޓި-ސްޓޯރީ ވެއަރހައުސްގެ އަމަލީ މަސައްކަތް ފަށައިފި

އެސްޓީއޯއިން 'ވޯލްޑް ކަޕް ފޯރި' ޕްރޮމޯޝަން ފަށައިފި: ޓީވީތަކުން ބޮޑު ޑިސްކައުންޓެއް!

ހިޓާޗީ 'ފިނި ފިނި ޕްރޮމޯ' ފެށިއްްޖެ: ނަސީބުވެރި ފަރާތަކަށް 40،000 ރުފިޔާގެ ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް!




