
ވެލްބެކްގެ ދެލަނޑާއެކު ބްރައިޓަން އިން ޗެލްސީ ބަލިކޮށްފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ޗެލްސީ# އިނގިރޭސި ޕްރިމިއާ ލީގު# ބްރައިޓަންޑެނީ ވެލްބެކް
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.

މިނަތިޖާއެކު ލީގުގައި ކުޅުނު ހަ މެޗުން ބްރައިޓަންއަށް އަަށް ޕޮއިންޓް ލިބިފައިވާއިރު. ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޗެލްސީއަށް ހަ މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ބްރައިޓަން އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ޓޮޓެންހަމް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްރައިޓަން އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އެވެ.
ނަމަވެސް މިމެޗުގައި ޗެލްސީއަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ދެވަނަ ހާފުގެ ކުރީކޮޅު އެޓީމުގެ ޑިފެންޑަރު ޗަލަބާއަށް ދެއްކި ރަތްކާޑާއެކުގައެވެ. މިއީއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އަދި ބްރައިޓަން އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޑެނީ ވެލްބެކް އެވެ.
ބްރައިޓަން އިން މެޗުގެ ލީޑުހޯދި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޑިފެންޑަރު މެކްސިމް ޑި ކުއިޕަރ ކާމިޔާބުކުރިއިރު އެޓީމުގެ ތިންވަނަަ ލަނޑު އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ވެލްބެކް އެވެ. އަދި މިލަނޑާއެކު މެޗުގެެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބްރައިޓަން ކުރީގައި އޮވެގެންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




