logoEN
Sto top
އަލްވަރޭޒްގެ ދެލަނޑާއެކު އެތްލެޓިކޯ މެޑްރިޑުން ރެއާލް މެޑްރިޑް ބަލިކޮށްފި

އަލްވަރޭޒްގެ ދެލަނޑާއެކު އެތްލެޓިކޯ މެޑްރިޑުން ރެއާލް މެޑްރިޑް ބަލިކޮށްފި

ހަސަން ޝަމްއޫން

logo

9/27/2025, 6:09:07 PM

# އެތްލެޓިކޯ މެޑްރިޑް# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް# ސްޕެނިޝް ލަ ލީގާ

އަލްވަރޭޒް ރެއާލް މެޑްރިޑް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ވާދަވެރި އެތްލެޓިކޯ މެޑްރިޑް އަތުން 5-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

Wamco

މިނަތީޖާއެކު ލީގުގައި ކުޅުނު ހަތް މެޗުން އެތްލެޓިކޯ މެޑްރިޑަށް 12 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ރެއާލް މެޑްރިޑުން ލީގުގައި ކުޅުނު ހަތް މެޗުން ހޯދި 18 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ލެވާންޓޭ އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އެތްލެޓިކޯ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ރަޔޯ ވަޔޮކާނޯ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ދެވަަނަ ހާފުގައި އެތްލެޓިކޯ މެޑްރިޑުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި އެތްލެޓިކޯ މެޑްރިޑްގެ އާޖެންޓީނާ ފޯވާޑް ހޫލިއަން އަލްވަރޭޒް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އެލެގްޒެންޑާ ސޮލޮތް، ރޮވިން ލެ ނޯމާންޑް އަދި އެންޓޮން ގްރިޒްމަން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ރެއާލް މެޑްރިޑްގެ ފޯވާޑް ކިލިއަން އެމްބާޕޭ އަދި އާޑާ ގުލާ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުންތެރިއަކަށް ހޮވުނީ އެތްލެޓިކޯ މެޑްރިޑްގެ ހޫލިއަން އަލްވަރޭޒް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC