logoEN
Sto top
ޕޮލިސް ބަލިކޮށް މޯލްޑިވިއަން އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ޕޮލިސް ބަލިކޮށް މޯލްޑިވިއަން އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

9/26/2025, 8:24:43 PM

# ދިވެހި ކުޅިވަރު # އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025

މޯލްޑިވިއަން އާއި ޕޮލިސް ވާދަކުރި މެޗުގެ ތެރެއިން..

އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025 ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ޕޮލިސް ބަލިކޮށް މޯލްޑިވިއަން އިން މުބާރާތުގެ ސެމީފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

Wamco

މުބާރާތުގެ ލީގުބުރުގައި މޯލްޑިވިއަން ކުޅުނު ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އަނެއް މެޗު އެއްވަރުވެފައިވާއިރު، ލީގުބުރުގައި ޕޮލިސް ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، އެއްމެޗުން މޮޅުވެ އަނެއް މެޗު ވަނީ އެއްވަރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މޯލްޑިވިއަން ޓީމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑަކީ ޕޮލިސް ޓީމުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މޯލްޑިވިއަން ޓީމުން ލީޑު ފުޅާކުރި ލަނޑު މެޗު ނިމެންދަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ ނާހިލް އަހުމަދު އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މޯލްޑިވިއަން ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވިއަންގެ އަލީ ނާހިލް އަހުމަދު އެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގު ތާވަލުގެ ހަަތަރުވަނައިގައި މޯލްޑިވިއަން މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ޕޮލިސް ލީގުބުރުގައި ކުޅުނު ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

އޮކްޓޯބަރު 2025 ގެ ނިޔަލަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އެޗްކިޔު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC