logoEN
Sto top
މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމުގެ ފަންޑު ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމުގެ ފަންޑު ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި

އަހުމަދު ޝުރާއު

logo

9/24/2025, 4:24:59 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމަށް ފައިސާ ހޯދުމާއި ބައިވެރިވުން އިތުރުކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

Wamco

މިކަމަށް ރާއްޖެއިން ގޮވާލީ 80 ވަނަ އދ ގެ އާންމު މަޖިލީހުގެ ހަވާސާގެ ތެރެއިން ކުރިޔަށް ގެންދިޔަ 'ސްކޭލިން އަޕް ފައިނޭންސް އެންޑް ޕާޓްނަރޝިޕްސް ފޯ ރެސްޕޮންޑިންގ ޓު ލޮސް އެންޑް ޑެމޭޖް' މި ނަމުގައި ބޭއްވުނު މަތީ ފެންވަރުގެ ސައިޑް އިވެންޓުގައި ރާއްޖޭގެ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި އެވެ.

މި އިވެންޓްގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ވަނީ ގެއްލުންތަކަށް ބަދަލު ދިނުމުގެ ފަންޑު ބޮޑުކޮށް ކެޕިޓަލައިޒް ކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި ރާއްޖެ ފަދަ ކުދި ޖަޒީރާ ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް (ސިޑްސް) މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކޮންމެ ދުވަހަކު ވެސް ކުރަމުންދާކަމަށް ވިދާޅުވެފައި އެވެ.

މިފަދަ ޤައުމުތަކަށް މިހާރު ވަގުތު ކުޑަވެފައިވާ ކަމަށާއި، ކްލައިމެޓް ފައިނޭންސް އަވަހަށް، ލަފާކުރެވޭނެ ގޮތަކަށް އަދި ފަސޭހައިން ލިބޭނެ ގޮތެއްގައި ދޫކުރުން ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކްލައިމެޓް ޗޭންޖާ ގުޅިގެން ދިމާވާ ގެއްލުންތަކަށް ބަދަލު ދިނުމަކީ، ވަކިން ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް، ދިމާވެފައިވާ ގިނަގުނަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC