logoEN
Sto top
 ޕޮލިސް ބަލިކޮށް އެސްއޭސީ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ޕޮލިސް ބަލިކޮށް އެސްއޭސީ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

9/23/2025, 7:35:40 PM

# އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025# ދިވެހި ކުޅިވަރު

އެސްއޭސީ އާއި ޕޮލިިސް ވާދަކުރި މެޗުގެ ތެރެއިން..

އައްޑޫ ސިޓީ ގަމުގައި މިހާރު ކުރިއަށްދާ އެސްއޭސީ އިންވިޓޭޝަނަލް ފުޓްސަލް ޗެލެންޖް 2025 ގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ސަދަން އޭރިއާ ކޮމާންޑް (އެސްއޭސީ) އާއި ޕޮލިސް ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެސްއޭސީ އިން ސެމީފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އެސްއޭސީ ކުޅުނު ފުރަތަމަ މެޗުގައި މޯލްޑިވިއަން އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި ޕޮލިސް ކުޅުނު ފުރަތަމަ މެޗުގައި ފިއުލް ސަޕްްލައި މޯލްޑިވްސް (އެފްއެސްއެމް) އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި އެއަރޕޯޓް ރެކްރިއޭޝަން ކުލަބު (އޭއާރުސީ) އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އެސްއޭސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 34 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އަޒާން ޝަމްވީލް އެވެ. އަދި ޖެހިގެންއައި މިނެޓުގައި އެޓީމުގެ އާދަމް އިޔާސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެސްއޭސީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްއޭސީގެ އަހުމަދު އަޒާން ޝަމްވީލް އެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ދެމެޗުން އެސްއޭސީއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު. ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޕޮލިސް ޓީމު ކުޅުނު ދެމެޗުން ލިބުނު އެއް ޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

އޮކްޓޯބަރު 2025 ގެ ނިޔަލަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް އެޗްކިޔު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC