logoEN
Sto top
ޝާރިޤާ ބައިނަލްއަޤުވާމީ ވާހަކަ ފޯރަމް މިފަހަރު ޚާއްސަކުރީ ރާއްޖެއަށް!

ޝާރިޤާ ބައިނަލްއަޤުވާމީ ވާހަކަ ފޯރަމް މިފަހަރު ޚާއްސަކުރީ ރާއްޖެއަށް!

އަހުމަދު ޝުރާއު

logo

9/23/2025, 5:44:53 PM

# ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ

-

ޝާރިޤާ ބައިނަލްއަޤުވާމީ ވާހަކަ ފޯރަމް (2025) ހުޅުވުމުގެ ރަސްމިއްޔާތު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފި އެވެ.

Wamco

އަރަބި އިމާރާތުގެ ޝާރިޤާ ތަރިކައިގެ މަޢުހަދުން އިންތިޒާމުކުރާ މި ފޯރަމު މި އަހަރު ޚާއްޞަކުރައްވާފައިވަނީ ދިވެހިރާއްޖެއަށެވެ. މި ފޯރަމްގެ އިއްޔެ ހެނދުނުގެ ދަންފަޅީގައި ވަޒީރު އާދަމް ނަޞީރު ވަނީ ދިވެހިތާނައަކުރާއި، އަރަބި އަކުރާ ހުރި ގުޅުމުގެ މައްޗަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. މި ފޯރަމުގެ އިފްތިތާޙީ ރަސްމިއްޔާތުގައި ޝާރިޤާގެ ޙާކިމް ޞާޙިބުއްސުމުއްވު އައްޝައިޚް އައްދުކްތޫރު ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީ ބައިވެރިވެވަޑައިގަތެވެ.

ޝާރިޤާ ސަރުކާރުން ހުރިިހާ ޚަރަދެއް ހަމަޖައްސަވާ ގޮތަށް ލިބިފައިވާ މި ދަޢުވަތުގައި ވަޒީރު އަރިހުގައި ދިވެހި ޤައުމިއްޔަތުގެ ތާރީޚު ވަރުގެ އިސްވާރު، އަލްއުސްތާޛު ކަށިިމާ އަޙްމަދު ޝާކިރު، އަދި ދިވެހި ޤައުމިއްޔަތުގެ ފަންނުވަރުގެ އިސްވާރު ޢިޝާ ޢަބްދުލްޢަޒީޒު ވެސް ބައިވެރިވެވަޑައިގަތެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ އިއާދަކުރެއްވުމުގެ ޚިދުމަތަށް އުފެއްދެވި ދިވެހި ޤައުމިއްޔަތުގެ އިސްވަރުން މި ދަތުރުގައި ބޭފުޅުން ބައިވެރިވެވަޑައިގަތީ، ފޯރަމުގައި ވާހަކަ ހުށަހެޅުއްވުމުގެ އިތުރަށް ޒަމާނީ ޓެކްނޮލޮޖީއާ ޢިލްމީ އާ ވިސްނުންތަކާއެކު ދުނިޔޭގައި ތަރިކައިގެ ދާއިރާ ތަމްސީލުކުރާ އުފެއްދުންތެރި އީޖާދީ އާ ގޮތްތަކަށް އަހުލުވެރިވެވަޑައިގެން، ރާއްޖެއަށް އެ ގޮތްތައް ތަޢާރަފުކުރެއްވުމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC