
ހުޅުމާލޭ ސްވިމިންގ ޓްރެކް ސަރަހައްދުގެ ގޮނޑުދޮށުން އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
# އެޗްޑީސީ-
ހުޅުމާލޭ ސްވިމިންގ ޓްރެކް ސަރަހައްދުގެ ގޮނޑުދޮށުން އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފި އެވެ.

އެކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ފޭސް 1 ސްވިމިންގ ޓްރެކް ސަރަހައްދުގެ ގޮނޑުދޮށުން އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތުކުރުމުގެ މަސައްކަތް މިއަދު އެކުންފުނީން ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ މަސައްކަތް ހަލުވިކަމާއިއެކު ކުރިޔަށް ގެންދިޔުމަށާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަޝްރޫއުގެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ވިޔަފާރިތަކުންނާއި އާންމުން ބަހައްޓާފައިވާ ތަކެތި ވީ އެންމެ އަވަހަކަށް ނެގުމަށްވެސް އެކުންފުނިން ވަނީ އެދިފައި އެވެ.
އެޗްޑީސީގެ އިއުލާނުގައި އިތުރަށް ބުނީ މަސައްކަތް ކުރިޔަށްދާ މުއްދަތުގައި އެ ސަރަހައްދަށް އާންމުން ވަދެ އުޅުމަކީ ރައްކާތެރިކަމަމަށް ނުވާތީ އެ ސަރައްހައްދަށް ނުވަނުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެއިއުލާނާއިއެކު އެޗްޑީސީން ވަނީ މަސައްކަތް ކުރިޔަށްގެންދާ ސަރަހައްދުގެ ޗާޓުވެސް އާންމުކޮށްފައި އެވެ.
ގުޅުންހުރި

އެޗްޑީސީއިން ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތައް ކުއްޔަށް ދޫކުރޭތޯ ބަލައި ފިޔަވަޅު އަޅަނީ

އެޗްޑީސީގެ ކޯސްޓަލް ކްލީންއަޕް ހަރަކާތުގައި 2 ޓަނުގެ ކުނި ނެގުނު!

ގައުމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ތިމާވެއްޓަށް ހޭލުންތެރިކުރުމަށް މަންސައެއް މިރޭ ބާއްވަނީ
