logoEN
Sto top
ގައުމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ތިމާވެއްޓަށް ހޭލުންތެރިކުރުމަށް މަންސައެއް މިރޭ ބާއްވަނީ

ގައުމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ތިމާވެއްޓަށް ހޭލުންތެރިކުރުމަށް މަންސައެއް މިރޭ ބާއްވަނީ

އަހުމަދު ޝުރާއު

logo

10/3/2025, 4:27:36 AM

# އެޗްޑީސީ

-

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ގުޅިގެން، ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ މަންސައެއް ބާއްވަން ނިންމައިފިއެވެ.

Wamco

މިއީ، މިއަދު ފާހަގަކުރާ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމަށް ހެނދުނު އެޗްޑީސީން ކުރިއަށްގެންދާ "ކޯސްޓަލް ކްލީނަޕް" ހަރަކާތާއެކު، ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުމަށް އެރޭ ބާއްވާ ޕެނަލް ޑިސްކަޝަންއެކެވެ. ކޯސްޓަލް ކްލީނަޕްއާއި މަންސަ ޕްރޮގުރާމުގެ މަގްސަދަކީ، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުމެވެ.

އެގޮތުން، ކޯސްޓަލް ކްލީނަޕް ހަރަކާތް މިއަދު ހެނދުނު 7:00 ގައި، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުގައި ވަނީ ފެށިފައި އެވެ. އެ ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށް، އަދި މޫދު ސާފުކުރުމުގެ އިތުރުން ހުޅުމާލޭގެ ދެ ފޭސް ގުޅޭ ޗެނަލް ސަރަހައްދުގައި މުރަކަ އިންދުންވެސް ކުރިއަށްދެއެވެ. ކޯސްޓަލް ކްލީނަޕް ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެއެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކާއި ރިސޯޓުތައްވެސް ސާފުކުރުން ކުރިޔަށް އެބަދެއެވެ.

ހުޅުމާލެ ސާފުކުރުމުގެ ހަރަކާތަށްފަހު، ތިމާވެއްޓަށް މީހުން ހޭލުންތެރި ކުރުމަށް ކަމާގުޅޭ މާހިރުންނާއެކު ކުރިއަށްގެންދާ މަންސަ، ޕެނަލް ޑިސްކަޝަން މިރޭ 08:45 ގައި އޮންނާނެއެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވެއެވެ.

ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މުސްތަގުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް މިދަފަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC