
-
ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީން މިދިޔަ ހޮނިހިރު ދުވަހު ކުރިޔަށް ގެންދިޔަ ކޯސްޓަލް ކްލީންއަޕް ހަރަކާތުގައި އެކަނިވެސް 2 ޓަނުގެ ކުނި ނަގައިފި އެވެ.

އެޗްޑީސީން މިއަދު ވަނީ މި ހަރަކާތުން ނެގުނު ކުނީގެ ތަފްސީލް ހާމަކޮށްފައެވެ. އެގޮތުން މުޅި ޖުމުލަ 2122.7 ކިލޯ ( 2.1 ޓަނު ) ގެ ކުނި ނެގުނު އިރު އޭގެ ތެރޭގައި ރީސައިކަލް ކުރެވޭ ފްލާސްޓިކު ކުނީގެ 257.5 ކިލޯގެ ކުންޏާއި އެހެނިގެން ޕްލާސްޓިކުގެ 115 ކިލޯގެ ކުނި ހިމެނެއެވެ.
އަދި ބިއްލޫރި ކުނީގެ 52 ކިލޯގެ ކުނި ނެގުނު އިރު އެލިމެނިއަމް ބާވަތްތަކުގެ 63 ކިލޯގެ ކުނި ނެގިފައިވާކަން އެޗްޑީސީން ހާމަކުރެއެވެ. މި ހަރަކާތުގައި ނެގުނު ކުނީގެ ތެރެއިން ބާކީ ހުރި 1.6 ޓަނުގެ ކުންޏަކީ އެހެން ބާވަތްތަކުގެ ކުނިތަކެވެ.
އެޗްޑީސީން ވަނީ މި ކުނިތައް ސެގްރެގޭޓްކުރުމަށްޓައި މޮޕާ މޯލްޑިވްސް އާއި ޕާރލޭގެ އިތުރުން ރިޕަލް އެފެކްޓުން ވެދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައި އެވެ.
ހޮނިހިރު ދުވަހު އެޗްޑީސީއާއި ސަރުކާރުގެ ގިނަ މުވައްސަސާތަކާއި އެކި ޖަމިއްޔާތައް ގުޅިގެން ކުރިޔަށްގެންދިޔަ ހަރަކާތުގައި ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުވަނީ ސާފުކޮށްފައި އެވެ.
ގުޅުންހުރި

އެޗްޑީސީއިން ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތައް ކުއްޔަށް ދޫކުރޭތޯ ބަލައި ފިޔަވަޅު އަޅަނީ

އެޗްޑީސީގެ ކޯސްޓަލް ކްލީންއަޕް ހަރަކާތުގައި 2 ޓަނުގެ ކުނި ނެގުނު!

ގައުމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ތިމާވެއްޓަށް ހޭލުންތެރިކުރުމަށް މަންސައެއް މިރޭ ބާއްވަނީ
