
ކުރީ ސަރުކާރުގައި އެޗްޑީސީ ތެރެއިން 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއް!
# އެޗްޑީސީ-
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީގެ ބިމާއި މުދަލާއި ހިދުމަތްތަކުން 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއް ތަހުގީގުކުރަން ކަމާބެހޭ ފަރާތްތަކަށް އެ ކުންފުނިން ހުށަހަޅައިފި އެވެ.

އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ 2019 އިން 2023 އާ ދެމެދުގައި އެ ކޯޕަރޭޝަނުގެ މިލްކިއްޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 ވަރަކަށް މިލިއަން ރުފިޔާއަށް ބައެއް ފަރާތްތަކުން ހިޔާނާތްތެރިވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.
މިއާއިއެކު، އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ކަމާބެހޭ އިދާރާތަކަށް އެ ކޯޕަރޭޝަނުން ހުށަހަޅަމުންދާ ކަމަށް ބަޔާނުގައި ވަނީ ބުނެފައި އެވެ.
އެޗްޑީސީން އިތުރަށް ބުނީ އެ ހިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަނުގެ މުދަލުން ވައްކަން ކުރުމާއި ކޯޕަރޭޝަނުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ކޯޕަރޭޝަނުގެ ބިންތައް ކުއްޔަށް ދިނުން ފަދަ މައްސަލަތައް ހިމެނެ އެވެ. އަދި އެތަނުގެ އިޖުރާއަތްތަކާއި އުސޫލުން ބޭރުން ބިން ވިއްކާފައި ހުރިކަން ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އެކަން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކޯޕަރޭޝަނުން އެއްބާރުލުން ދޭނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ރާއްޖޭގެ ފަރުތަކުގެ ދިރުންތައް ރައްކާތެރިކުރަން އެޗްޑީސީއާއި މެރިން ރިސާޗު އިންސްޓިޓިއުޓްއިން ގުޅިއްޖެ

އަމާޒަކީ މީޑިއާ ވިލެޖްގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލުން - އެޗްޑީސީ

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ!




