logoEN
Sto top
ވަޒީރު އާދަމް ނަޞީރު ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް!

ވަޒީރު އާދަމް ނަޞީރު ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް!

އަހުމަދު ޝުރާއު

logo

9/21/2025, 5:22:25 PM

# ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ

-

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ޔޫއޭއީއަށް ފުރާވަޑައިގެންފި އެވެ.

Wamco

އެވުޒާރާއިން ބުނީ ވަޒީރުގެ މި ދަތުރުފުޅަކީ މި މަހު 22އިން 26އަށް ޔޫއޭއީގެ ޝާރުޖާގައި ބާއްވާ 'ޝާރުޖާ ނެރޭޓާރސް ފޯރަމް'ގެ 25ވަނަ ސެޝަން ޝަރަފުވެރިކޮށް ދެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ވަޒީރާއި ވަފުދުގެ ބޭފުޅުންގެ ދަތުރުފުޅާ ގުޅޭ ހުރިހާ ޚަރަދެއް ޝާރުޖާގެ ފަރާތުން ހަމަޖައްސާ ގޮތަށް ލިބިފައިވާ މި ދަޢުވަތަކީ ޝާރްޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުން ދެއްވާފައިވާ ދަޢުވަތެއްކަމަށް އެވުޒާރާއިން ވަނީ ބުނެފައި އެވެ.

"ދަތުރުވެރީންގެ ވާހަކަ" މި ޝިޢާރުގެ ދަށުން ބާއްވާ މި ފޯރަމުގެ މަޤްޞަދުތަކުގެ ތެރޭގައި އެކި ޤައުމުތަކުގެ ތާރީޚާއި ސަޤާފަތާއި އާދަކާދަތައް ބޭރުދުނިޔެއަށް ދައްކުވައިދިނުމުގެ އިތުރުން، ފަންނުވެރީންގެ ހުނަރުތައް ކުރިއެރުވުން ހިމެނެއެވެ. މިގޮތުން މި ފޯރަމުގައި ރާއްޖެ ބައިވެރިވެރިވެފައިވާއިރު މީގެ ސަބަބުން ރާއްޖޭގެ ތަރިކައާއި މާދަރީބަހުގެ ޢިލްމުވެރީންނާއި، ފަންނާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބި ފަންނުވެރީންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ވެސް ވަނީ ލިބިފައެވެ.

މި ދަތުރުފުޅުގައި ވަޒީރާ އެކު ރާއްޖޭގެ ސަޤާފީތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރެއްވުމަށް ތަޖުރިބާ އާއި ހުނަރުގެ ގޮތުން ލާމަސީލު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ "ޤައުމީ ޚަޒާނާ"އެއްގެ ގޮތުގައި ބަލައިގަންނަ ފެންވަރުގެ ޝަޚްސިއްޔަތެއް، ރާއްޖޭގެ ސަޤާފީ ތަރިކަ ދިރުވައި އާލާކުރުމުގެ މަތިވެރި މަޤްސަދުގައި ޢިލްމީ ދިރާސާ މަސައްކަތްތަކެއް ކޮށްފައިވާ އަދި އެ ރޮނގުން ހޯދުންތަކެއް ހޯދާ ޝާއިޢުކޮށްފައިވާ ފަރާތެއްގެ އިތުރުން ދިވެހި ސަގާފަތް ދައްކުވައިދޭ ފަންނުވެރީންތަކެއްގެ ހުށަހެޅުން ހުށައަޅަދޭނެ ފަރާތްތަކެއް ވެސް ބައިވެރިވަޑައިގެންނެވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC