
-
ކެޓެނޭޓް މަޝްރޫޢުގެ ދެވަނަ ސްޓިއަރިންގ ކޮމިޓީ ބައްދަލުވުން ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުގައި ބޭއްވުނު މި ބައްދަލުވުމުގައި، މަޝްރޫޢުގެ އިސް ވެރިންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު މުރާޖަޢާކޮށް، މަސައްކަތުގެ ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ފާސްކުރެވިފައިވާ ކަމަށެވެ. ބައްދަލުވުމުގައި މަޝްރޫޢުގެ މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ކުރިއަށް އޮތް ތާނގައި ކުރަން ރޭވިފައިވާ މަސައްކަތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.
ކެޓެނޭޓް މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށް މަޝްރޫޢުގެ ވެރިން މަޢުލޫމާތު ދެއްވާފައިވެއެވެ.
ކެޓެނޭޓް މަޝްރޫޢުގެ އަންނަ ސްޓިއަރިންގ ކޮމިޓީ ބައްދަލުވުން އޮންނާނީ އަންނަ މަހުގެ ތެރޭގައި ކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އައިކޯސްޓް ވެލިޑޭޝަން ވަރކްޝޮޕް ފެށިގެން ކުރިޔަށް!

ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

އީ-ވޭސްޓް ހެކަތޯން 2025 ކާމިޔާބީއާއެކު ނިންމާލައިފި
