logoEN
Sto top
ކުލަގަދަ ރަސްމިއްޔާތަކާއެކު ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ޗެންޕިއަންޝިޕް ފަށައިފި

ކުލަގަދަ ރަސްމިއްޔާތަކާއެކު ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ޗެންޕިއަންޝިޕް ފަށައިފި

ހަސަން ޝަމްއޫން

logo

9/17/2025, 10:54:53 PM

# ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ޗެންޕިއަންޝިޕް

މުބާރާތް ފެއްޓުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

ކުލަގަދަ ރަސްމިއްޔާތަކާއެކު ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ޗެންޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި މިއަދު ހަވީރު ފަށައިފިއެވެ.

Wamco

ކުޅުދުއްފުށި ސިޓީ ބީޗް ހޭންޑްބޯޅަ ކޯޓުގައި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ަމިރަސްމިއްޔާތުގައި ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ފެޑަރޭޝަންގެ އިސްވެރިންނާއި، ހޭންޑްބޯޅަ މޯލްޑިވްސްގެ އިސްވެރިންގެ އިތުރުން ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފު ބައިވެރިވެވަޑައިގެންނެވިއެވެ.

18 ސެޕްޓެންބަރު 2025 އިން 24 ސެޕްޓެންބަރު 2025 ގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީއަށް ހޮވޭ ގޮތަށެވެ.

ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. އަދި ސެމީފައިނަލުގެ ދެމެޗުން ބަލިވާ ދެޓީމުގެ މެދުގައި މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ލީގުބުރު ފަސްވަނަ ޓީމާއި ހަވަނަ ޓީމުގެ މެދުގައި ރޭންކިން މެޗެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 17:30 ގައި ދިވެހިރާއްޖެ އާއި ސްރީލަންކާ ވާދަކުރާ މެޗު ފެށާފައިވާއިރު، މިރޭ ވެސް މުބާރާތުގެ ދެމެޗު ކުޅޭނެއެވެ. އެގޮތުން މިރޭ 20:00 ގައި ފަށާ ފުރަތަމަ މެޗުގައި ބަންގްލަދޭޝާއި ސައުތު އެފްރިކާ ވާދަކުރާއިރު، 21:00 ގައި ފަށާ ދެވަނަ މެޗުގައި އިންޑިއާ އިން ނުކުންނާނީ ވާދަވެރި ޕާކިސްތާނާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC