logoEN
Sto top
ރަށުން ބޭރުގައި ބަޔާން މިޔުނިކް އަތުން ޗެލްސީ ބަލިވެއްޖެ

ރަށުން ބޭރުގައި ބަޔާން މިޔުނިކް އަތުން ޗެލްސީ ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

9/17/2025, 10:40:39 PM

# ޔުއެފާ ޗެމްޕިއަންސްލީގު # ބަޔާން މިއުނިކް# ބޭރު ދުނިޔޭގެ ކުޅިވަރު# ޗެލްސީ

ޗެލްސީ އާއި ބަޔާން މިޔުނިކް ވާދަކުރި މެޗުގެ ތެރެއިން...

ޔުއެފާ ޗެންޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ޖަރުމަނުގެ ބަޔާން މިޔުނިކާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.

Wamco

މިސީޒަނުގައި ބަޔާން މިޔުނިކް ކުޅުނު ފަސް މެޗުން ވެސް އެޓީމު މޮޅުވެފައިވާއިރު، ޗެލްސީ އިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން މޮޅުވެފައިވާއިރު، އަނެއް ދެމެޗު ނިމިފައިވަނީ އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަޔާން މިޔުނިކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބަޔާން މިޔުނިކުންނެވެ. މިލަނޑަކީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންޑަރު ޗަލަބާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ހަތް މިނެޓްފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ.

ނަމަވެސް އޭގެ ދެމިނެޓްފަހުން ޗެލްސީ އިން ވަނި ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ކޯލް ޕާމާ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބަޔާން މިޔުނިކުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ޗެލްސީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ކޭން އެވެ.

މީގެ އިތުރުން މެޗުގެ 89 ވަނަ މިނެޓުގައި ޗެލްސީގެ ޕާމާ އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ،އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.އަދި މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތިޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC