
ތުރާމްގެ ދެލަނޑާއެކު އިންޓަ މިލާނުން އަޔަކްސް ބަލިކޮށްފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެންޕިއަންސް ލީގު# އިންޓަ މިލާން# އަޔަކްސްއިންޓަ މިލާނާއި އަޔަކްސް ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެންޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ނެދަލޭންޑްސްގެ އަޔަކްސް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ އެންމެ ފަހުގެ ރަނަރަލް އިޓަލީގެ އިންޓަ މިލާނުން ފެށުން ރަނގަޅުކޮށްފިއެވެ.

އިޓާލިއަން ލީގުގައި އިންޓަ މިލާން އެންމެ ފަހުން ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، މިދެޓީމު އެންމެ ފަހުން ވާދަކޮށްފައި ވަނީ 2008 ވަނަ އަހަރު އެވެ. އަދި އެމެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންޓަ މިލާނުންނެވެ.
އެމްސްޓަޑާމްގެ ޔޯހާން ކްރައިފް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެމިގެންދިޔައިރު، އިންޓަ މިލާނުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މާކަސް ތުރާމް އެވެ.
މީގެއިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އިންޓަ މިލާނުންނެވެ. ނަތީޖާއެއްގެގޮތުން މިހާފުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑުފުޅާކޮށްފައެވެ. އަދި މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ތުރާމް އެވެ.
މީގެއިތުރުން ވެސް މިހާފުގައި އިންޓަ މިލާނުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
ގުޅުންހުރި

ޕެނަލްޓީގައި ފްލެމެންގޯ ބަލިކޮށް ފީފާ އިންޓަރކޮންޓިނެންޓަލް ކަޕް ޕީއެސްޖީ އިން ކާމިޔާބުކޮށްފި

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ބޯންމައުތު އަތުން ޔުނައިޓެޑަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ
.jpg&w=3840&q=75)
ރަށުން ބޭރުގައި އަލަވޭސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް





