logoEN
Sto top
ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ޗެންޕިއަންޝިޕްގައި ވާދަކުރާ ހުރީހާ ޓީމެއް ރާއްޖެ އަތުވެއްޖެ

ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ޗެންޕިއަންޝިޕްގައި ވާދަކުރާ ހުރީހާ ޓީމެއް ރާއްޖެ އަތުވެއްޖެ

ހަސަން ޝަމްއޫން

logo

9/17/2025, 10:53:11 AM

# ދިވެހި ކުޅިވަރު # ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ޗެންޕިއަންޝިޕް

މުބާރާތުގައި ވާދަކުރާ ސައުތު އެފްރިކާގެ ބީޗް ހޭންޑްބޯޅަ ޓީމު.. ފޮޓޯ: ގާފު ސްޕޯޓްސް

ކުޅުދުއްފުށި ސިޓީގައި މާދަމާ ފެށުމަށް ހަމަޖެހިފައުލިވާ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ ޗެންޕިއަންޝިޕްގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.

Wamco

18 ސެޕްޓެންބަރު 2025 އިން 24 ސެޕްޓެންބަރު 2025 ގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ރާއްޖޭގެ އިތުރުން އިތުރު ފަސް ޤައުމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ޕާކިސްތާން އަދި ސައުތު އެފްރިކާއެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ޕާކިސްތާން ޓީމު މިމަހުގެ 11 ވަނަ ދުވަހު ރާއްޖެ އައިސްފައިވާއިރު، އެޓީމުން ވަނީ މުބާރާތުގެ ކުރިން ކުޅުދުއްފުށި ސިޓީގައި ކޭމްޕްކޮށް ރާއްޖޭގެ ޓީމާއެކު އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅެފައެވެ. އަދި އިންޑިއާ ޓީމު އިއްޔެ ހަވީރު އައިއިރު، ސައުތު އެފްރިކާ އަދި ބަންގްލަދޭޝް ޓީމު އައިސްފައިވަނީ ރޭ އިރާކޮޅުއެވެ.

މީގެ އިތުރުން ސްރީލަންކާގެ ޤައުމީ ޓީމު ރޭ ދަންވަރު ރާއްޖެ އައިސްފައިވާއިރު ކުޅުދުއްފުށި ސިޓީ އިން ހުރިހާ ޓީމަކަށް ވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި މިމުބާރާތައްޓަކައި މުޅި ރަށް ޒީނައްތެރިކޮށްފައިވާއިރު، މިއީ ވެރިރަށް މާލެ ސިޓީ ފިޔަވައި ރާއްޖޭގެ އެހެން ސިޓީއެއްގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ.

އެގޮތުން މިމުބާރާތަށް ކުޅުދުއްފުށި ސިޓީގައި ބައިނައަގުވާމީ މިންގަޑުތަކަށް ފެތޭ ބީޗު ހޭންޑްބޯޅަ ކޯޓެއް ގާއިމުކޮށްފައިވާއިރު، މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ސްޕޯޓްސް މިނިސްޓްރީ އާއި ހޭންޑްބޯޅަ މޯލްޑިވްސް އައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކުޅުދުއްފުށި ސިޓީގެ ކުލަބު ޖަމްއިއްޔާ ޖަމާއަތްތަކާއި އާންމު ރައްޔިތުން ގުޅިގެން އަންނަނީ ގިނަ މައްސަކަތްތަކެއް ކުރަމުންނެވެ.

ލީގު އުސޫލުން ކުރިއަށް ގެންދާ މިމުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ސްރީލަންކާ އާއި ދެކޮޅަށް ރާއްޖެ ނުކުންނައިރު، މާދަމާ ރޭ އިތުރު ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާރޭ ކުޅޭ ފުރަތަމަ މެޗުގައި ސައުތު އެފްރިކާއި ބަންގްލަދޭޝް ވާދަކުރާއިރު، ދެވަނަ މެޗުގައި އިންޑިއާ އިން ނުކުންނާނީ ޕާކިސްތާނާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC