logoEN
Sto top
ސާފް ޗެންޕިއަންޝިޕުގައި ވާދަކުރުމަށް ޒުވާން ގައުމީ ޓީމު ލަންކާއަށް

ސާފް ޗެންޕިއަންޝިޕުގައި ވާދަކުރުމަށް ޒުވާން ގައުމީ ޓީމު ލަންކާއަށް

ހަސަން ޝަމްއޫން

logo

9/13/2025, 3:08:29 PM

# ދިވެހި ކުޅިވަރު # ޒުވާން ގައުމީ ޓީމު

ޒުވާން ގައުމީ ޓީމު.. ފޮޓޯ: އެފްއޭއެމް

15 ސެޕްޓެމްބަރ 2025 އިން 27 ސެޕްސެޕްޓެމްބަރ 2025 ގެ ނިޔަލަށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބައްވާ 17 އަހަރުން ދަށުގެ ސާފު ޗެންޕިއަންޝިޕްގައި ވާދަކުރާ ރާއްޖެ ޒުވާން ގައުމީ ޓީމު މުބާރާތުގައި ވާދަކުރަމަށްޓަކައި މިއަދު ފުރައިފިއެވެ.

Wamco

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅޭ މި ފަހަރުގެ 17 އަހަރުން ދަށުގެ މުބާރާތުގައި ހަތް ގައުމަކުން ވާދަކުރާއިރު، ރާއްޖެ ހިމެނެނީ އިންޑިއާ، ބޫޓާން އަދި ޕާކިސްތާނާއެކު ގްރޫޕް ބީގައެވެ. އަދި ގުރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝް އަދި ނޭޕާލްގެ އިތުރުން މުބާރާތް ބާއްވާ ގައުމު ސްރީލަންކާ އެވެ.މި މުބާރާތުގައި ވާދަކުރުމަށް ޒުވާން ޓީމު ލަންކާއަށް ފުރާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މުބާރާތަކީ ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމާ ސޮބާހު މުޙައްމަދު ހަވާލުވި ފަހުން، އެ ޓީމުން ކުޅޭ ފުރަތަމަ މުބާރާތެވެ.

ސާފް ޗެމްޕިއަންޝިޕަށްފަހު 17 އަހަރުން ދަށުގެ ޓީމު ތައްޔާރުވާނީ އަންނަ އަހަރު ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިން މެޗުތަކަށެވެ. ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫފް އެފްގައެވެ.

ސައުދީ އަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 އިން 30 އަށް ތައިލެންޑުގެ ޗޮންބުރީއެވެ. ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގައި ދެން ހިމެނެނީ ތުރުކުމެނިސްތާނާއި، މޮންގޯލިއާ އާއި، ކުވެއިތު އަދި ތައިލެންޑެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC