logoEN
Sto top
ބްރާސްފަތި ދުވަހު ދިވެހި ޕްރެމިއާ ލީގު ފަށަނީ

ބްރާސްފަތި ދުވަހު ދިވެހި ޕްރެމިއާ ލީގު ފަށަނީ

ހަސަން ޝަމްއޫން

logo

9/13/2025, 2:34:00 PM

# ދިވެހި ކުޅިވަރު # ދިވެހި ޕްރިމިއާ ލީގް

ލީގު މެޗެެއްގައި ސަސް އާއި ދެކޮޅަށް މާޒިޔާ ކުޅެނީ

އަންނަ ބްރާސްފަތި ދުވަހުގެ ރޭ ދިވެހި ޕްރެމިއާ ލީގުގެ ކުޅުން ފެށުމަށް ނިންމައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ލީގުގެ ފުރަތަމަ ބުރުގެ ޝެޑިއުލް އާންމުކޮށްފި އެވެ.

Wamco

ގާތްގަޑަކަށް ދޮޅު އަހަރަށް ފަހު ދިވެހި ޕްރެމިއާ ލީގުގެ ކުޅުން އަލުން ފަށާއިރު، ލީގު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން މާޒިއާ އިން ނުކުންނާނީ ރަނަރަޕް ކުލަބު އީގަލްސް އާއި ދެކޮޅަށެވެ. އަދި ހުކުރު ދުވަހު ލީގުގައި ދެމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، އެދުވަހު ހަވީރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. އަދި ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކުލަބުން ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

މިދެމެޗަކީ ވެސް ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ވަރަށް ޚާއްސަ އަދި އެހާމެ ފޯރިގަދަ ދެމެޗަށް ވެގެންދާނެއެވެ. ސަބަބަކީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ މި ދެކުލަބު ދިވެހި ލީގު މެޗަކަށް މި ނުކުންނަނީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

ވިކްޓަރީ ދިވެހި ލީގަށް ޕްރޮމޯޓް ވީ، އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދައިގެންނެވެ. ފައިނަލަށް ދަތުރު ކުރި ދެ ޓީމު ޕްރޯމޯޓްކުރަން އެފްއޭއެމުން ނިންމީ، އޭރު އެއްވަނަ ޑިވިޝަނުގައި އޮތް އެއްވެސް ޓީމެއް ރެލިގޭޓްނުވާ ގޮތަށެވެ. ނަމަވެސް މިދިޔަ މަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވަނީ ލީގުން ވަކިވެފަ އެވެ.

ސަސްއިން ދޫކޮށްލި ޖާގައަށް އެފްއޭއެމްގެ އެކްސްކޯއިން ޕްރޮމޯޓް ކުރީ ނިއު ރޭޑިއަންޓެވެ. އެއީ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ޓީމަށް އެ ޓީމު ވުމުންނެވެ. ސެމީ ފައިނަލުން ދެން ބަލިވީ ޓެންޓެވެ.

ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކޮށް ފުރަތަމަ ޑިވިޝަނުން މުޅިން އަލަށް ޖާގަ ހޯދި އޮޑި ސްޕޯޓްސް ކުލަބުން ލީގުގައި ކުޅޭ ފުރަތަމަ މެޗު ކުޅޭނީ ހޮނިހިރު ދުވަހު ހަވީރު އެވެ. އެ މެޗުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީ އެވެ. ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމު ކުލަބު ވެލެންސިއާއިން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

މީގެ އިތުރުން އޮކްޓޯބަރު އަދި ނޮވެމްބަރުގައި ގައުމީ ޓީމު ކުޅޭ ދެ މެޗަށް، އެ ދެ މަހު ލީގުގެ ކުޅުން ގާތްގަނޑަކަށް ދެ ހަފުތާއަށް މެދުކަނޑާލަން ހަމަޖެހިފަވާއިރު، ލީގުގެ ފުރަތަމަ ބުރު ނިމޭނީ ނޮވެމްބަރު 30 ގަ އެވެ.

މިފަހަރުގެ ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރާ 10 ޓީމުގެ ތެރެއިން ލީގުގެ ފުލަށް ދާ ދެ ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވާއިރު، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމަށް ޖެހޭނީ، ރާއްޖޭގެ ހަތަރަު ސަރަހައްދުގައި ކުޅޭ ސަރަހައްދީ ލީގުގެ ޗެންޕިއަން ޓީމުތަކާ އެކު ރެލިގޭޝަން ޕްލޭއޮފް ކުޅޭށެވެ. އަދި އެ މަރުހަލާގައި ކުޅޭ ހަ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމަށް ދިވެހި ޕްރެމިއާ ލީގުން ފުރުސަތު ލިބިގެންދާނެ އެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުން ފެށިގެން ދިވެހި ޕްރެމިއާ ލީގު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC