
-
އައްޑޫ ރައްޔިތުންނަށް ދެވޭ ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޓްރާންސްޕޯޓް މިނިސްޓްރީއާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިނިސްޓަރު އަމީން މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ އައްޑޫ ސިޓ ކައުންސިލްގައި އޮތް ޚާއްސަ ބައްދަލުވުމެއްގައި އެވެ. އެގޮތުން އެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވަނީ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމަށްފަހު، މިނިސްޓަރ އަމީން ވިދާޅުވީ، އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މި މަސައްކަތްތަކަކީ ރައީސް މުއިއްޒު ކުރިއަށް ގެންދަވާ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމުގެ ތަޞައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށެވެ. މި ކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ލިބޭ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުޅި ސިޓީގެ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

މިނިސްޓަރ އަމީން ދުނިޔޭގެ މެރިޓައިމް ކޮންފަރެންސުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް!

ޓްރާންސްޕޯޓް މިނިސްޓްރީއާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއް!

ރާއްޖެއާއި އިންޑިއާއި ދެމެދު އޭވިއޭޝަން ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
