
-
ފުވައްމުލަކު ރައްޔިތުންނަށް ދެވޭ ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރެއްވުމުގެ ކުރިން، ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމަށްފަހު، މިނިސްޓަރ އަމީން ވިދާޅުވީ، ފުވައްމުލަކު އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މި މަސައްކަތްތަކަކީ ރައީސް މުއިއްޒު ކުރިއަށް ގެންދަވާ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމުގެ ތަޞައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށެވެ. މި ކަމުގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ލިބޭ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުޅި ސިޓީގެ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

އިންޖިނިއަރިންގެ ދާއިރާއިން ރާއްޖެއަށް ބޮޑު އިންގިލާބެއް: ތުލުސްދޫގައި ގާއިމްކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ރަސްމީކޮށް ހުޅުވައިފި

ސްޓެލްކޯއިން ތުލުސްދޫގައި ޤާއިމްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި

ސްޓެލްކޯގެ ތުލުސްދޫ އެކަޑެމީގައި އެމް.އެން.ޔޫގެ ޕްރޮގްރާމްތައް ފެށުމަށް ފަހުމުނާމާގައި ސޮއިކޮށްފި





